Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހުޅުމާލޭ ގްރޭންޑް މޮސްކްގެ އަމަލީ މަސައްކަތް މިއަހަރު ސެޕްޓެމްބަރުގައި ފަށަނީ

ހުޅުމާލޭ ގްރޭންޑް މޮސްކްގެ އަމަލީ މަސައްކަތް މިއަހަރު ސެޕްޓެމްބަރުގައި ފަށަނީ

އައިޝަތު ރުވާ ރިފްޢަތު
159 ދުވަސް ކުރިން - 5 ފެބްރުއަރީ 2026 23:47
ހުޅުމާލޭ ގްރޭންޑް މޮސްކްގެ ކުރެހުން/ ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ހުޅުމާލޭ ގްރޭންޑް މޮސްކްގެ ކުރެހުން/ ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް ލަފާކުރެވޭ މި މިސްކިތަކީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެ.

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ "ގްރޭންޑް މޮސްކް" ނުވަތަ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެންމެ ފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާ މި ބޮޑު މަޝްރޫއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދާ ވަރަށް ހާއްސަ މަޝްރޫއެކެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 އާ ގުޅޭ ސަރަހައްދުގަ އެވެ.

މިނިސްޓަރު ވިދާޅުވީ، މި މިސްކިތް ފަރުމާކޮށްފައި ވަނީ ހަމައެކަނި ނަމާދުކުރާ ތަނެއްގެ ގޮތުގައެއް ނޫން ކަމަށެވެ. މިއީ ވަގުފު ބިނާތަކާއި، ކޮމާޝަލް ބިލްޑިންގްތަކާއި، ޕާކިންގް ހިމެނޭ ބޮޑު ކޮމްޕްލެކްސް އެކެވެ. މި ކޮމްޕްލެކްސްގައި ހިމެނޭ ވަޤުފު އިމާރާތްތަކުން ލިބޭ ނަފާ ހޭދަކުރާނީ ރާއްޖޭގެ އިސްލާމީ ކަންތައްތައް ކުރިއެރުވުމަށެވެ. މީގެ އިތުރުން، މި ބިނާގައި ޤުރުއާން މިއުޒިއަމަކާއި އިސްލާމީ ތަޢުލީމާ ގުޅޭ މުހިންމު ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ ފަންޑިންގއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖެއިން ބޭރުގެ ހެޔޮއެދޭ ފަރާތަކުން ދޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. މިހާރު މިސްކިތުގެ ކޮންސެޕްޓް މަސައްކަތް ނިމި، ތަފްސީލީ ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ދަނީ ކުރެވެމުންނެވެ. ޑިޒައިނިންގް މަރުހަލާގެ ހުރިހާ ހަރަދެއްވެސް ބަލަހައްޓަނީ މަޝްރޫއަށް ފަންޑުކުރާ ފަރާތުންނެވެ.

ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް ލަފާކުރެވޭ މި މިސްކިތަކީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެއެވެ. މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Ad
Ad

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މަބުނޫ

141 ދުވަސް ކުރިން - 12:25

މިސްކިތަށް އަރާނެ މީހުން ބޭނުންވަނީ، މިސްކިތެއްނޫން

ގުޅޭ ޚަބަރުތައް

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

4 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

18 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

61 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

65 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

72 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

75 ދުވަސް ކުރިން - 18:00