އިސްރާއީލާއި ދެކޮޅު އުރުދުންގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

ހުސައިން އިސްމާއިލް | 12 ގަޑިއިރު ކުރިން - 5 ފެބްރުއަރީ 2026 15:01
އުރުދުންގެ ކުރީގެ ބޮޑުވަޒީރު އަހުމަދު އުބައިދާ: އެމަނިކުފާނު އަވަހާރަވީ ހޯމަދުވަހުގެރޭ
އުރުދުންގެ ކުރީގެ ބޮޑުވަޒީރު އަހުމަދު އުބައިދާ: އެމަނިކުފާނު އަވަހާރަވީ ހޯމަދުވަހުގެރޭ
ޚުލާސާ

އުބައިދާ އަކީ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އަދި ޚާއްޞަކޮށް ފަލަސްޠީނާއި މެދު ޔަހޫދީން ޢަމަލުކުރަމުންދިޔަ ގޮތާއި މެދު ވަރަށް ބޮޑަށް ދެކޮޅުހެއްދެވި ބޭފުޅެއް.

އުރުދުން (ޖޯޑަން)ގެ ކުރީގެ ބޮޑުވަޒީރު އަދި ޖެނެރަލް އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ޑިރެކްޓަރު އަހުމަދު އުބައިދާ އަވަހާރަވެއްޖެއެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އޭނާ އަވަހާރަވީ ހޯމަދުވަހުގެ ރޭގައެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 86 އަހަރެވެ.

1938 ވަނަ އަހަރު އުފަންވި އަބޫ އުބައިދާ، 1974 ވަނަ އަހަރު އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަގާމާއި ޙަވާލު ވެވަޑައިގަތުމަށް ފަހު، ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 1984ގައެވެ.

ނަމަވެސް، ޖެހިގެން އައި 1985 ވަނަ އަހަރު އޭނާ ވެރިކަމުން ވަކިވެވަޑައިގަތެވެ. އެކަމުގެ ފަހަތުގައި އިސްރާއީލާއި އެމެރިކާ ފަދަ ޤައުމުތައް ހިމެނޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އުބައިދާ އަކީ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އަދި ޚާއްޞަކޮށް ފަލަސްޠީނާއި މެދު ޔަހޫދީން ޢަމަލު ކުރަމުން ދިޔަ ގޮތާއި މެދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅެކެވެ.

އުބައިދާގެ ދުވަސްވަރު އިސްރާއީލާއި އުރުދުން އާއި ދެމެދު އެއްވެސް ކަހަލަ ގުޅުމެއް ނޯވެއެވެ.

ޒައެނިސްޓް ސަރުކާރާއި އެކު ވިޔަފާރީގެ އެއްބަސްވުމުގައި އުރުދުން އިން ސޮއި ކޮށްފައި ވަނީ 1994 ވަނަ އަހަރުގައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%