އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ރައްކާކުރަން ރަޝިއާ އަށް

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ | 13 ގަޑިއިރު ކުރިން - 7 ފެބްރުއަރީ 2026 13:46
އީރާނުގެ ނިއުކުލިއަ ރިއެކްޓަރ: މަޝްރޫޢު ހުއްޓާލަން އީރާން ބޭނުމެއްނޫން
އީރާނުގެ ނިއުކުލިއަ ރިއެކްޓަރ: މަޝްރޫޢު ހުއްޓާލަން އީރާން ބޭނުމެއްނޫން
ޚުލާސާ

ރަޝިޔާއަށް ނުވަތަ ތިންވަނަ ގައުމަކަށް ޔޫރޭނިއަމް ބަދަލުކުރުމަށް އީރާނުން ހުށަހެޅި ކަމަށް ރިޕޯޓްތައް ބުނާ ވާހަކައާ ގުޅިގެން މީގެ ކުރިން އުފެދުނު ސުއާލުތަކަށް ޑިމިޓްރީ ޕެސްކޯވް ޖަވާބެއްނުދެއްވާ

އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ރަޝިއާއަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާގެ ރިޔާސީ ތަރުޖަމާނު ޑިމިޓްރީ ޕެޝްކޯވް ބުނީ އީރާނުން މުއްސަނދި ކޮށްފައިވާ ޔޫރޭނިއަމް ރަޝިއާއަށް ބަދަލުކުރުމުގެ މައްސަލަ އެޖެންޑާގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި މިކަމުގައި މޮސްކޯއިން ކަމާބެހޭ އެހެން ފަރާތްތަކާ ވެސް ވާހަކަދައްކަމުންދާ ކަމަށެވެ.

އީރާނުގެ ޔޫރޭނިއަމް ރަޝިއާއަށް ބަދަލުކުރުމާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ އެކު މަޝްވަރާ ކުރެވޭތޯ ކުރެވޭ ސުވާލަށް ޖަވާބު ދެއްވަމުން ޕެޝްކޯވް ބުނީ މި މައުޟޫއަކީ އެޖެންޑާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އޮތް މައުޟޫއެއް ކަމަށެވެ.

ރަޝިއާއިން މި ހިދުމަތް އީރާނަށް ދޭން ބޭނުންވީ ބައެއް ގައުމުތަކުގައި މައްސަލަ އުފެދޭ ކަންތައްތައް ނައްތާލުމުގެ ބޭނުމުގަ އެވެ. މިވަގުތު ރަޝިޔާއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންގޮސް، އީރާނާއެކު އުފެދިފައިވާ ފިތުނަތައް ވީހާވެސް ކުޑަކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރަޝިއާ އިން ވަނީ ކަނޑައަޅާފަ އެވެ.

މުއްސަނދި ޔޫރޭނިއަމްގެ ސްޓޮކް ރަޝިޔާއަށް ނުވަތަ ތިންވަނަ ގައުމަކަށް ބަދަލުކުރުމަށް އީރާނުން ހުށަހެޅި ކަމަށް ރިޕޯޓްތައް ބުނާ ވާހަކައާ ގުޅިގެން މީގެ ކުރިން އުފެދުނު ސުއާލުތަކަށް ޑިމިޓްރީ ޕެސްކޯވް ޖަވާބެއް ނުދެ އެވެ.

މީގެ ކުރިން ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ވަނީ މޮސްކޯއަށް މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ލިމިޓަށް ވުރެ އިތުރަށް އީރާނުން ލިބިއްޖެ ހާލަތެއްގައި އަލުން ޕްރޮސެސް ކުރެވޭނެ ކަމަށް ސާފުކޮށްދީފައެވެ. އޭރުން އީރާނުގެ ސުލްހަވެރި ނިއުކްލިއާ ވަސީލަތްތަކަށް އެތަކެތި ފޯރުކޮށްދެވިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އީރާނުގެ ނިއުކުލިއާ މަޝްރޫއު ހުއްޓުވުމަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކާއި އިޒުރޭލުން އީރާނު އޮބިއަޅަމުން ދިޔަކަމަށް ވިޔަސް އީރާނުން ވަނީ އެ މަޝްރޫއު ހުއްޓާނުލައި ކުރިއަށް ގެންދަން ނިންމާފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%