މެޓް އޮފީހުން ނ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
ކުރިއަށް އޮތް 6 ގަޑި އިރަށް ނ އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ. މެޓް އޮފީހުން ބުނީ މިސަރަހައްދުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލައި ދެމެދު ވައި ބާރުވެ، ކަނޑު ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން މިސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު 16:30 ފެށިގެން 22:30 ގެ ނިޔަލަށެވެ.


އެހެންކަމުން މިވަގުތުތަކުގައި ކަނޑު ދަތުރުފަތުރު ކުރާ ނަމަ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައި އެވެ.







