Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނަން: ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަން

ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނަން: ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަން

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
174 ދުވަސް ކުރިން - 1 ފެބްރުއަރީ 2026 19:20
ޖަރުމަން ފުޓްބޯޅަ ފެޑެރޭޝަން:ފުޓްބޯޅައިން އުފާ ހޯދަން ޖެހޭ
ޖަރުމަން ފުޓްބޯޅަ ފެޑެރޭޝަން:ފުޓްބޯޅައިން އުފާ ހޯދަން ޖެހޭ
ޚުލާސާ

ޑީއެފްބީން އިތުރަށް ބުނެފައިވަނީ ފެޑެރޭޝަނަކީ ސިޔާސީ ކަންކަމާއި ސަލާމަތާއި ވިޔަފާރިއާ ގުޅުން ހުރި ކަންކަމުގައި ބައިވެރިވާ ފަރާތެއް ނޫންކަމަށެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ފުޓްބޯޅަ ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ގަސްތުކުރާ ކަމަށް ދެކެވޭ ވާހަކަތައް ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ދޮގުކޮށްފިއެވެ. ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެ ކަން ދޮގުކޮށް ވާހަކަދެއްކީ ދާދިފަހުން އެމެރިކާގެ ރައީސަށް ފޮނުވި މެސެޖެއްގަ އެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފީފާ ވޯލްޑް ކަޕުން އުފެދޭ ކުޅިވަރުގެ ދުނިޔޭގެ ރަނގަޅު އަސަރާއި އެއްބައިވަންތަކަން މުހިންމު ކަމަށް އެ މީހުން ދެކޭކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ މި ހެޔޮ ބާރު ވަރުގަދަކުރުން. މި ހެޔޮ ބާރު ހުއްޓުވުމެއް ނޫން،" އެ ބަޔާނުގައި ވެއެވެ.

"ޑީއެފްބީ"ގެ ނަމުން މަޝްހޫރު ޖަރުމަނު ފެޑެރޭޝަނުން ވެސް ވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގައި ބައިވެރިވާނީތޯ ނުވަތަ ބޮއިކޮޓް ކުރަންވީތޯ ބެލުމަށް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއްގައި މަޝްވަރާކޮށްފައެވެ. މިކަމާ ގުޅޭގޮތުން "ޑީއެފްބީ"ގެ ނައިބު ރައީސް ހުށަހެޅުއްވި ހުށަހެޅުމެއް ޑީއެފްބީގެ ހިންގާ ކޮމިޓީން ވަނީ ބަލާފަ އެވެ. މި ހުށަހެޅުމަކީ މިދިޔަ ހަފްތާގައި ހުށަހެޅިފައިވާ ހުށަހެޅުމެކެވެ.

Advertisement

Advertisement 1

ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަންގެ ވެރިޔާއަކީ އެ ގައުމުގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ސެއިންޓް ޕައުލީގެ ރައީސް ވެސް މެއެވެ. ރައީސް ޓްރަމްޕް ގްރީންލޭންޑާ ބެހޭ ގޮތުން ދާދި ފަހުން ދެއްކެވި ވާހަކަތަކަށް ފަހު އޭނާ ވަނީ ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް ސީރިއަސްކޮށް ވިސްނަންވީ ވަގުތު އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ.

ޑީއެފްބީން އިތުރަށް ބުނެފައިވަނީ ފެޑެރޭޝަނަކީ ސިޔާސީ ކަންކަމާއި ސަލާމަތާއި ވިޔަފާރިއާ ގުޅުން ހުރި ކަންކަމުގައި ބައިވެރިވާ ފަރާތެއް ނޫންކަމަށެވެ.

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވަނީ މިދިޔަ ހަފްތާގައި ފުޓްބޯޅަ ސަޕޯޓަރުންނަށް ވޯލްޑް ކަޕާ ދުރުހެލިވުމަށް އަންގަވާފައެވެ. ބްލެޓާ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕް ބޮއިކޮޓް ކުރުމާ ދެކޮޅު ހައްދަވައި ވިދާޅުވީ، އެއްވެސް ގައުމެއްގައި ފުޓްބޯޅަ ބޮއިކޮޓް ނުކުރެވޭނެ ކަމަށެވެ.

އެމެރިކާއަށް ހޫނު މޫސުމުގައި ބާއްވާ ވޯލްޑް ކަޕްގެ ފެށުމުގެ ކުރިން ސަޕޯޓަރުންގެ މެދުގައި ބޮޑު ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރަން ޖެހެއެވެ. އެއީ ޓިކެޓުގެ އަގުބޮޑުވުމާއި އެމެރިކާއިން ވިސާ ދޫކުރުމުގައި ކުރިމަތިވާ ހުރަސްތަކާ ގުޅިގެންނެވެ. އަދި ޓްރަމްޕްގެ ވެރިކަމުގައި ބައެއް ފުޓްބޯޅަ ސަޕޯޓަރުން އެމެރިކާއަށް އެތެރެވުން މަނާވެދާނެ ކަމުގެ ބިރުވެސް ވަނީ އުފެދިފައެވެ. ނަމަވެސް ޖަރުމަނު ޓީމު ވޯލްޑް ކަޕް ކުޅެން އެމެރިކާއަށް ދަތުރުކުރާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

ޑީއެފްބީން ބުނީ 2024 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އެމީހުންގެ ގައުމުގައި އުފާ ފާޅުކުރިފަދައިން މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް ފުޓްބޯޅައަށް ތަރުހީބުދޭ މީހުން އުފާކުރަން ބޭނުންވާ ކަމަށެވެ.

ޖަރުމަންފުޓްބޯޅަފީފާ ވޯލްޑް ކަޕް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

5 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

6 ދުވަސް ކުރިން - 04:01

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

6 ދުވަސް ކުރިން - 03:01

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

6 ދުވަސް ކުރިން - 12:58

ވޯލްޑް ކަޕު ކާމިޔާބުކުރާ ޓީމަށް ތާރީޚީ ރަން އަނގޮޓިތަކެއް ދެނީ

ވޯލްޑް ކަޕު ކާމިޔާބުކުރާ ޓީމަށް ތާރީޚީ ރަން އަނގޮޓިތަކެއް ދެނީ

8 ދުވަސް ކުރިން - 19:22

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%