އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ހީކުރި އެރޭނާ ސަބަލެންކާ ބަލިކޮށް މުބާރާތުގެ އަންހެން ޗެމްޕިއަންކަން ކަޒަކިސްތާނުގެ އެލީނާ ރެބެކިނާ ހޯދައިފި އެވެ.
އޮސްޓްރޭލިއާގެ މެލްބަންގައި ކުޅުނު މުބާރާތުގެ ފަހު މެޗު ކާމިޔާބުކޮށް ރެބެކިނާ ޗެމްޕިއަންކަން ހޯދީ 4-6، 6-4 އަދި 4-6 އިން މޮޅުވެގެންނެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ މިއީ ރެބޭކިނާގެ ކުޅިވަރުގެ ހަޔާތުގައި އޭނާ ކާމިޔާބު ކުރި ބޮޑު ދެވަނަ މުބާރާތް ކަމެވެ. މީގެ ކުރިން އޭނާ ވަނީ 2022 ވަނަ އަހަރު ވިމްބަލްޑަން ޗެމްޕިއަންކަން ހޯދާފަ އެވެ.
މި އަހަރު ފައިނަލްގައި ކުޅުނު ދެކުޅުންތެރިން ވަނީ 2023 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި ކުޅެފައެވެ. އެ މެޗު 2-1 ސެޓުން ކާމިޔާބުކޮށް އެފަހަރު ޗެމްޕިއަކަން ހޯދީ ސަބެލަންކާއެވެ.
ރަޝިއާއަށް އުފަންވިޔަސް ފަހުން އުމުރުން 19 އަހަރުގައި ކަޒަކިސްތާނުގެ ރައްޔިތަކަށްވެފައިވާ ޒުވާން ރެބެކިނާއަކީ ކުރިމަގުގައި މުހިއްމު މުބާރާތްތަކެއް ކާމިޔާބު ކުރާނެ ކުޅުންތެރިއެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.
އޮސްޓްރޭލިއަން އޯޕަން ފިރިހެނުންގެ މުބާރާތުގެ ފައިނަލް ކުޅޭނީ މިއަދު މެންދުރުފަހު ރާއްޖެގަޑިން 1.30 ގައެވެ. ފައިނަލްގައި ވާދަ ކުރާނީ ނޮވަކް ޖޮކޮވިޗާއި ކާލޯސް އަލްކަރޭޒްއެވެ.










