މާދަމައިން ފެށިގެން ކްރެޑިޓް ކާޑުގެ ލިމިޓު 3،000 ޑޮލަރަށް ބޮޑުވަނީ!

މުހައްމަދު ޖަމްޝަތު | 3 ދުވަސް ކުރިން - 31 ޖެނުއަރީ 2026 23:31
ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު. މާދަމައިން ފެށިގެން ކާޑު ލިމިޓު ބޮޑުވާނެ---
ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު. މާދަމައިން ފެށިގެން ކާޑު ލިމިޓު ބޮޑުވާނެ---
ޚުލާސާ

ފެބްރުއަރީ މަހުން ފެށިގެން ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ ލިމިޓް މާދަމައިން ފެށިގެން އިތުރުކުރުމަށް އެ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލުން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލަށް އަމަލުކުރަން ފަށާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ފެބްރުއަރީ މަހުން ފެށިގެން ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އިއުލާނު ކުރައްވާފައެވެ. ބޭންކުން މި ގެނައި ބަދަލަކީ ސަރުކާރުގެ އެ ސިޔާސަތާ އެއްގޮތަށް ގެނައި ބަދަލެކެވެ.

ބޭންކުން ބުނެފައިވަނީ، ކޮންމެ ކަސްޓަމަރަކަށްވެސް ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ލިމިޓް އާދިއްތަ ދުވަހުން ފެށިގެން ބޮޑުވާނެ ކަމަށެވެ. މިއީ ޑެބިޓް ކާޑުން ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ލިމިޓްގެ އިތުރުން، ކްރެޑިޓް ކާޑުތަކަށް ވަކިން ހަމަޖައްސައިދޭ ލިމިޓެކެވެ. މި ބަދަލާއެކު ރާއްޖެއިން ބޭރުގައި ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބޭންކުން ބުނެ އެވެ.

ކާޑުތަކުގެ ލިމިޓަށް އަންނާނެ ބަދަލުތައް

ބީއެމްއެލްގެ އެކި ބާވަތުގެ ކްރެޑިޓް ކާޑުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

  1. ކްލެސިކް ކްރެޑިޓް ކާޑު: 1،400 ޑޮލަރަށް
  2. ގޯލްޑް ކްރެޑިޓް ކާޑު: 1،500 ޑޮލަރަށް
  3. ޕްލެޓިނަމް ކްރެޑިޓް ކާޑު: 3،000 ޑޮލަރަށް

ބީއެމްއެލުން ކްރެޑިޓް ކާޑުގެ ލިމިޓަށް މި ބަދަލު ގެނެސްފައިވާއިރު، މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ ބޭންކުގެ ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި ފައިސާ ދެއްކޭނެ ލިމިޓް ވަނީ 1،000 ޑޮލަރަށް ބޮޑުކޮށްފަ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%