Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އައްޑޫ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފި

އައްޑޫ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފި

މުހައްމަދު ޖަމްޝަތު
130 ދުވަސް ކުރިން - 31 ޖެނުއަރީ 2026 23:03
ރާއްޖޭގެ ހައިކޯޓު. އައްޑޫ ސްކޫޕަކީ ގޭންގެއްކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ---ފޮޓޯ: ޚުލާސާ
ރާއްޖޭގެ ހައިކޯޓު. އައްޑޫ ސްކޫޕަކީ ގޭންގެއްކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ---ފޮޓޯ: ޚުލާސާ
ޚުލާސާ

މިއީ ގޭންގް ކުށުގެ ގާނޫނުގެ ދަށުން ވަކި ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ 'ސްކޫޕް' ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

މިއީ ގޭންގްތައް ހުއްޓުވުމަށްޓަކައި އަލަށް އަމަލުކުރަން ފެށި ގާނޫނުގެ ދަށުން، ވަކި ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ. މި މައްސަލަ ކޯޓަށް ބަލައިގަތް ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް ކޯޓުން އަދި ހާމައެއް ނުކުރެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި، 'ސްކޫޕް' ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅީ ފުލުހުން ހުށަހެޅި ހެކިތަކަށް ބެލުމަށްފަހު، އެ ގްރޫޕުގައި ގޭންގެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާތީ އެވެ. އަދި އެ ގްރޫޕުން މިހާރު ވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.

Advertisement

Advertisement 1

މި މައްސަލައިގައި ދައުލަތުން ހައިކޯޓުގައި މައިގަނޑު ހަތަރު ކަމަކަށް އެދިފައިވެ އެވެ. އޭގެ ތެރޭގައި 'ސްކޫޕް' ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމާއި، އެ ގްރޫޕަށް ނިސްބަތްވާ ނުވަ މީހަކީ ގޭންގު މެންބަރުން ކަމަށް ކަނޑައަޅައިދިނުން ހިމެނެއެވެ. މީގެ އިތުރުން އެ ގްރޫޕާ ގުޅުން އޮންނަ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލަން ސްޕޯޓްސް ކޮމިޝަނަރަށް އަމުރުކޮށްދިނުމަށާއި، އައްޑޫގެ އެކި ތަންތަނުގައި ލިޔެފައިވާ އެ ގްރޫޕުގެ ނަންތައް ފޮހެލަން ސިޓީ ކައުންސިލަށް އަމުރުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅި މިފަދަ ދެވަނަ ހުށަހެޅުމެވެ. ކުރީގެ ހުށަހެޅުން ދިރާސާކޮށް ބެލިއިރު، ގޭންގެއް ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަމަށް ސާބިތުކުރުމަށް ބޭނުންވާވަރަށް ތަހުގީގު ފުރިހަމަވެފައި ނުވާކަން އެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

ގޭންގު ހުއްޓުވުމުގެ ގާނޫނު ބުނާގޮތުން، ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން އެ މީހުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ އެވެ. ޕީޖީ އޮފީހުން ބުނީ ކޯޓުން މިކަމުގައި ގޮތެއް ނިންމުމުން، ފުލުހުންނާ ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ގޭންގުހައިކޯޓުޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ބްރައިޓް މައިންޑްސް" ގެ ވެރިޔާ, އަފްލާހުގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަފަލާހުގެ މައްޗަށް ދައުވާ އުފުލައިފި

11 ދުވަސް ކުރިން - 17:47

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

31 ދުވަސް ކުރިން - 17:52

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ހަމަޖައްސައިފި

44 ދުވަސް ކުރިން - 23:06

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް މޫސާ އައްޔަން ކުރައްވައިފި

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް އައްޔަން ކުރައްވައިފި

51 ދުވަސް ކުރިން - 22:36

ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު އަވަސްކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަވަސްކުރުމަށް އަންގައިފި

52 ދުވަސް ކުރިން - 17:32

މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހަކަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

މަސްތުވާތަކެއްޗާއި މަނީލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރުމީހަކަށް ދައުވާކުރަނީ

60 ދުވަސް ކުރިން - 22:07