Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބީއެމްއެލް އިން "ސްވައިޕް"ގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

ބީއެމްއެލް އިން "ސްވައިޕް"ގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

މުހައްމަދު ޖަމްޝަތު
209 ދުވަސް ކުރިން - 31 ޖެނުއަރީ 2026 19:31
ބީއެމްއެލް އިން ސްވައިޕް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތު----
ބީއެމްއެލް އިން ސްވައިޕް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތު----
ޚުލާސާ

އަލަށް ތައާރަފުކުރާ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އަކީ ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ދިވެހި އެޕެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތައާރަފުކުރާ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން މިއަދު ހުޅުވާލައިފި އެވެ. މިއީ ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، ސައްތަ އިން ސައްތަ ދިވެހި އުފެއްދުމެކެވެ.

ބީއެމްއެލް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ "swipe.mv" ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށެވެ. މިއީ މި އާ އުފެއްދުން ތަޖުރިބާކޮށްލުމަށް އާންމުންނަށް ލިބޭ ހާއްސަ ފުރުސަތެކެވެ.

ރަޖިސްޓްރީވާ ކަސްޓަމަރުންނަށް ސްވައިޕްގެ ގިނަ ފީޗާތަކެއް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި ޕާސަން-ޓު-ޕާސަން ޓްރާންސްފާ ތަކާއި، ކިއުއާރް ކޯޑް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތައް ހިމެނެ އެވެ. މީގެ އިތުރުން، ސްވައިޕް މެދުވެރިކޮށް ކުރާ ހޭދަތަކުގެ އިންސައިޓްސް ބަލައިލުމާއި، ޕޭމަންޓް ލިންކް ފޮނުވައިގެން ފައިސާ ހޯދުމުގެ ފަސޭހަކަން ވެސް ލިބިގެންދާނެ އެވެ.

Advertisement

Advertisement 1

މި ވޮލެޓަކީ މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެކެވެ. ވޮލެޓް ޓޮޕްއަޕް ކުރުމަށް ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ބޭންކެއްގެ ކްރެޑިޓް އަދި ޑެބިޓް ކާޑެއް ވެސް ބޭނުންކުރެވޭނެ އެވެ. އަދި ވޮލެޓްގައި ހުންނަ ފައިސާ އަނބުރާ ބީއެމްއެލް އެކައުންޓަށް ފޮނުވުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް އޮންނާނެ އެވެ.

ބީއެމްއެލް އިން ބުނީ ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި ބައިނަލްއަގުވާމީ ޕޭމަންޓް ސްޓޭންޑާޑްތަކާ އެއްގޮތަށް ކަމަށެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ގެނެވޭ މުހިންމު ކުރިއެރުމެއްގެ ގޮތުގައި ބޭންކުން ފާހަގަކުރެ އެވެ.

ބީއެމްއެލް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

5 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

11 ދުވަސް ކުރިން - 08:48

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

14 ދުވަސް ކުރިން - 20:27

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

22 ދުވަސް ކުރިން - 14:26

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

25 ދުވަސް ކުރިން - 13:46

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

28 ދުވަސް ކުރިން - 19:04

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%