Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމެރިކާ އަށް 15 ޓްރިލިއަން ދީގެން ޕީސްބޯޑަށް ވަންނަން ރެޑީ: އިންޑޮނޭޝިއާ

އެމެރިކާ އަށް 15 ޓްރިލިއަން ދީގެން ޕީސްބޯޑަށް ވަންނަން ރެޑީ: އިންޑޮނޭޝިއާ

ހުސައިން އިސްމާއިލް
130 ދުވަސް ކުރިން - 31 ޖެނުއަރީ 2026 14:22
ސްވިޒަލޭންޑުގައި ބޭއްވި ޣައްޒާގެ ސުލްހައިގެ ބޯޑު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ (ވ) ބައިވެރިވެވަޑައިގަންނަވަނީ. (ޖެނުއަރީ 22، 2026)
ސްވިޒަލޭންޑުގައި ބޭއްވި ޣައްޒާގެ ސުލްހައިގެ ބޯޑު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ (ވ) ބައިވެރިވެވަޑައިގަންނަވަނީ. (ޖެނުއަރީ 22، 2026)
ޚުލާސާ

ޕާލަމެންޓުގެ ހުއްދައަކާއި ނުލައި ބޯޑް އޮފް ޕީސްގެ އިފްތިތާޙީ ރަސްމިއްޔާތުގައި އިންޑޮނޭޝިއާ އިން ބައިވެރިވި މައްސަލައިގައި އިދިކޮޅުން ދަނީ ރައީސަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން.

އެމެރިކާ އިން އަލަށް އުފެއްދި “ބޯޑް އޮފް ޕީސް” އާއި ގުޅެން ބޭނުންވާ ކަމަށާއި ޣައްޒާގައި ޞުލްޙަ ޤާއިމް ކުރުމަށާއި ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތްތަކުގައި ޙިއްޞާ ވުމަށް 15 ޓްރިލިއަން ރުޕިއާ އެމެރިކާ އާއި ޙަވާލު ކުރާނެ ކަމަށް އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވިދާޅުވެއްޖެއެވެ.

ރައީސް ޕްރަބޯވޯ މިހެން ވިދާޅުވީ ޕާލަމެންޓުން އެކަމުގައި ގޮތެއް ނިންމުމުގެ ކުރިން އެ ބޯޑުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، އަދި މި މަހުގެ 22 ވަނަ ދުވަހު ސްޕިޒަލޭންޑުގައި އޮތް އެ ބޯޑުގެ އިފްތިތާޙީ ޖަލްސާގައި ބައިވެރިވެފައި ވާތީވެ، އެކަމާއި ގުޅިގެން އިދިކޮޅު ޕާޓީތަކުން އޭނާ އަށް ފާޑު ކިޔަން ފެށުމުންނެވެ.

އިދިކޮޅުން ބުނަނީ ޓްރަމްޕުގެ އަމިއްލަ މަސްލަޙަތަކަށް ކުރަމުންދާ މަސައްކަތެއްގައި އިންޑޮނޭޝިއާގެ ރައީސުގެ ޙައިސިއްޔަތުން ރަނގަޅަށް ދިރާސާ ނުކޮށް އެ ބޯޑުގައި ބައިވެރި ވުމަކީ ޚާރިޖީ ސިޔާސަތަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. ޚާއްޞަކޮށް ޕާލަމެންޓުން ތަސްދީގު ކުރުމުގެ ކުރިން ބޯޑުގެ ޗާޓަރުގައި ސޮއިކުރުމަކީ އިންޑޮނޭޝިއާގެ ޑިޕްލޮމެޓިކް ގުޅުންތަކަށް ހުރަސްއެޅި، ދުސްތޫރީ ކަންބޮޑުވުންތައް އުފެދިދާނެ ކަމެއް ކަމަށް އިދިކޮޅުން ބުނެއެވެ.

Advertisement

Advertisement 1

އިންޑޮނޭޝިއާ އިން ޕީސް ބޯޑުގައި އަދި ސޮއި ނުކުރެއެވެ. ނަމަވެސް އެ ޤައުމުން ދަނީ ހިލޭސާބަހަށް އެ ބޯޑުގެ މަސައްކަތްތަކުގައި އެހީ ފޯރުކޮށްދެމުންނެވެ.

ސުލްހައިގެ ބޯޑްއިންޑޮނޭޝިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައިސާ ނުލިބުމުން ޓްރަމްޕްގެ ގާޒާ “ބޯޑް އޮފް ޕީސް" ފެއިލްވަނީ

ޓްރަމްޕްގެ ގާޒާ “ބޯޑް އޮފް ޕީސް" އަށް ފަންޑު ނުލިބި ފެއިލްވަނީ

13 ދުވަސް ކުރިން - 00:39

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސްފި

69 ދުވަސް ކުރިން - 12:34

އެމެރިކާއާއި އީރާނުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން އިންޑޮނޭޝިޔާ ތައްޔާރު

އެމެރިކާ-އީރާނުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރުއަދާކުރަން އިންޑޮނޭޝިއާ ތައްޔާރު

102 ދުވަސް ކުރިން - 16:26

ސުލްހައިގެ ބޯޑުގެ އޮބްޒާވަރަކަށް އިޓަލީ އިން ބައިވެރިވަނީ

ސުލްހައިގެ ބޯޑުގެ އޮބްޒާވަރަކަށް އިޓަލީ އިން ބައިވެރިވަނީ

114 ދުވަސް ކުރިން - 19:15

ރަޝިއާ އިން ޣައްޒާ އަށް އެއްބިލިއަން ޑޮލަރު ހުށަހަޅައިފި

ރަޝިއާއިން ޣައްޒާ އަށް އެއްބިލިއަން ޑޮލަރު ހުށަހަޅައިފި

138 ދުވަސް ކުރިން - 10:23

ސުލްހައިގެ ބޯޑުގައި ޕޫޓިން ބައިވެރިވެދާނެތީވެ އިނގިރޭސީން ކަންބޮޑުވެއްޖެ

ސުލްހައިގެ ބޯޑުގައި ޕޫޓިން ބައިވެރިވެދާނެތީވެ އިނގިރޭސީން ކަންބޮޑުވެއްޖެ

138 ދުވަސް ކުރިން - 10:21