Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބާ މުސްހަފްތައް ނައްތާލަން ކައުންސިލާ ހަވާލުކުރުމުގެ މުއްދަތު އިތުރުކޮށްފި

ބާ މުސްހަފްތައް ނައްތާލަން ކައުންސިލާ ހަވާލުކުރުމުގެ މުއްދަތު އިތުރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
166 ދުވަސް ކުރިން - 30 ޖެނުއަރީ 2026 18:30
މާލޭގެ ގޭގެއިން ބާ މުސްހަފުތައް ނައްތާލަނީ--- ފޮޓޯ: ޔޫތު ފޯ ޔުނިޓީ
މާލޭގެ ގޭގެއިން ބާ މުސްހަފުތައް ނައްތާލަނީ--- ފޮޓޯ: ޔޫތު ފޯ ޔުނިޓީ
ޚުލާސާ

ދީނީ ފޮތްތަކާއި ލިޔުންތައް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރުމުގެ ފުުރުސަތު ކުރިން ހުޅުވާލާފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް.

މާލެ ސިޓީ ކައުންސިލުން ރޯދަ މަހާއި ދިމާކޮށް މާލޭ ސިޓީ ގޭގެގައި ހުރި ގިނަދުވަސްވެ ބާވެފައިވާ މުސްހަފްތަކާއި، ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ ދީނީ ފޮތްތަކާއި ލިޔުންތައް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލު ކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިފަދަ ފޮތްތަކާއި ލިޔުންތައް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރުމުގެ ފުުރުސަތު ކުރިން ހުޅުވާލާފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށެވެ. ނަމަވެސް މާލޭ ސިޓީ އެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މި ތަކެތި ބަލައިގަތުން އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އާއި ހަމައަށް، އަދި މެންދުރު ފަހު 13:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށެވެ.

Advertisement

Advertisement 1

ތަކެތި ބަލައިގަންނަ ތަންތަން:

  1. މާލެ: ސިނަމާލެ ތިނެއްގެ ގޯތިތެރެ (ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒު މަގުން ސިނަމާލެ ތިނެއްގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ)
  2. ވިލިމާލެ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން
  3. ހުޅުމާލެ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީސް

މާލެ ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނީ އެ އިދާރާއިން ބަލައިގަންނާނީ ގޭގެއިން ގެންނަ، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ ތަކެތި އެކަނި ކަމަށެވެ. މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 7994565 ނަމްބަރަށް ގުޅައި މައުލޫމާތު ސާފުކުރުމަށެވެ.

މާލެ ސިޓީ ކައުންސިލްމާލެ ސިޓީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

3 ދުވަސް ކުރިން - 19:32

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

24 ދުވަސް ކުރިން - 12:01

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

44 ދުވަސް ކުރިން - 01:55

ޗާންދަނީ މަގުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ޗާންދަނީ މަގުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

47 ދުވަސް ކުރިން - 13:46

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

53 ދުވަސް ކުރިން - 12:41

މާލޭގެ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަމަހު ފަށަނީ

ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ

95 ދުވަސް ކުރިން - 12:57