Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޑީއެޗްސީ-6-300 ޓްވިން އޮޓާ މަރުކާގެ ބޯޓުތަކާއެކު ދެކުނުގެ 4 އަތޮޅެއް ގުޅާލައިފި

ޑީއެޗްސީ-6-300 ޓްވިން އޮޓާ މަރުކާގެ ބޯޓުތަކާއެކު ދެކުނުގެ 4 އަތޮޅެއް ގުޅާލައިފި

އައިޝަތު ރުވާ ރިފްޢަތު
131 ދުވަސް ކުރިން - 30 ޖެނުއަރީ 2026 17:16
ހަތަރު އަތޮޅު ވައިގެ މަގުން ރަސްމީކޮށް މިއަދު ގުޅާލުމުގެ މަޝްރޫއު އިފްތިތާހުކުރުން---
ހަތަރު އަތޮޅު ވައިގެ މަގުން ރަސްމީކޮށް މިއަދު ގުޅާލުމުގެ މަޝްރޫއު އިފްތިތާހުކުރުން---
ޚުލާސާ

މި ބޯޓުތަކަކީ އެއްފަހަރާ 15 ވަރަކަށް މީހުންނަށް ދަތުރުކުރެވޭނެ ބޯޓުތަކެކެވެ. މިހާރު މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފައި.

ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ރަސްމީކޮށް މިއަދު ގުޅާލައިފި އެވެ. މި މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ދެކުނުގެ އަތޮޅުތަކުގެ މެދުގައި ދަތުރުތައް ފެށުމުގެ ރަސްމީ ހުއްދަ، ގައުމީ އެއާލައިން "މޯލްޑިވިއަން" އާ ހަވާލުކޮށްދެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. މޯލްޑިވިއަންގެ ފަރާތުން މި ހުއްދައާ ހަވާލުވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.

މި މަޝްރޫއުގެ ދަށުން ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ އަގުތަކަކީ ރައްޔިތުންނަށް އަތްފޯރާފަދަ އަގުތަކެކެވެ. އެގޮތުން ކަނޑައަޅާފައިވާ އަގުތަކަކީ:

Advertisement

Advertisement 1
  1. ގަން - ފުވައްމުލަކު: ކޮޅަކަށް 500 ރުފިޔާ
  2. ގަން - ކާޑެއްދޫ: ކޮޅަކަށް 900 ރުފިޔާ
  3. ގަން - ކޫއްޑޫ: ކޮޅަކަށް 900 ރުފިޔާ
  4. ފުވައްމުލަކު - ކާޑެއްދޫ: ކޮޅަކަށް 650 ރުފިޔާ
  5. ފުވައްމުލަކު - ކޫއްޑޫ: ކޮޅަކަށް 650 ރުފިޔާ

މޯލްޑިވިއަންއިން ބުނި ގޮތުގައި މި ދަތުރުތަކަށް ބޭނުންކުރާނީ ޑީއެޗްސީ-6-300 ޓްވިން އޮޓާ މަރުކާގެ ބޯޓުތަކެވެ. މި ބޯޓުތަކަކީ އެއްފަހަރާ 15 ވަރަކަށް މީހުންނަށް ދަތުރުކުރެވޭނެ ބޯޓުތަކެކެވެ. މިހާރު މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.

މި ހިދުމަތް ފެށުމުގެ މައިގަނޑު މަގުސަދަކީ ދެކުނުގެ ހަތަރު އަތޮޅު (ގއ، ގއ، ޏ. އަދި ސ. އަތޮޅު) ގުޅުވާލައި، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސަރަހައްދީ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

މޯލްޑިވިއަންޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

12 ދުވަސް ކުރިން - 22:03

ޓްރާންސްޕޯޓް އަދި އިކޮނޮމިކް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ސައީދު ހަމަޖައްސަވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރުކަމަށް ސައީދު ހަމަޖައްސަވައިފި

57 ދުވަސް ކުރިން - 19:30

އުޅަނދެއް ނައްތާލައި އާ އުޅަނދެއް ރަޖިސްޓަރީކުރާނަމަ ގަރާޖުސިޓީ ހުށަހަޅަންނުޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކުދިވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ލުއިތަކެއް!

65 ދުވަސް ކުރިން - 16:30

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

69 ދުވަސް ކުރިން - 12:11

ޒަމާނީ ފެންވަރަށް ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

70 ދުވަސް ކުރިން - 22:14

ހުޅުމާލޭގައި 1100 ވެހިކަލްގެ ޖާގައިގެ ޕާކިން ބިލްޑިންގް އެއްގެ ބިންގާ އަޅައިފި

ހުޅުމާލޭގައި 1100ވެހިކަލްގެ ޖާގައިގެ ޕާކިން ބިލްޑިންގް އެއް

74 ދުވަސް ކުރިން - 15:42