Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކެނެބިސް ޓްރެފިކް ކުރި މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކެނެބިސް ޓްރެފިކް ކުރި މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
222 ދުވަސް ކުރިން - 30 ޖެނުއަރީ 2026 17:18
ކްރިމިނަލް ކޯޓު (މާލެ). / ފޮޓޯ: ޚުލާސާ
ކްރިމިނަލް ކޯޓު (މާލެ). / ފޮޓޯ: ޚުލާސާ
ޚުލާސާ

ޝަރީއަތުގެ ކުރީކޮޅު ސުއައިދު މި ދައުވާތަކަށް އިންކާރުކުރި ނަމަވެސް، ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގައި އޭނާ ވަނީ ދައުލަތާއެކު އުތިރާފުގެ އެއްބަސްވުމެއް ހަދާފަ.

މާލޭގެ ގެއެއްގެ ތެރެއިން ގިނަ އަދަދެއްގެ ކެނެބިސް ފެނުނު މައްސަލައެއްގައި އައްޑޫ ސިޓީއަށް ނިސްބަތްވާ މީހަކު 25 އަހަރަށް ޖަލަށްލުމަށާއި، 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ސ. ހިތަދޫ، ހެޕީފިއުޗާ، މުހައްމަދު ސުއައިދު އަހުމަދުގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު، މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، 2023 ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ހަވީރު 16:45 އެހާކަންހާއިރު ހ. ލުމެން ގޭގެ ތިންވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނެވެ. މި މައުލޫމާތާ ގުޅިގެން ސުއައިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފިތުރޯނުމަގު ރަށު މާރުކޭޓު ކައިރީގައި ހުއްޓާ ކޯޓު އަމުރެއްގެ ދަށުންނެވެ.

Advertisement

Advertisement 1

އޭނާ ހައްޔަރުކުރުމަށްފަހު، އެދުވަހުގެ ރޭ 20:09 އެހާކަންހާއިރު އޭނާ ދިރިއުޅޭ ހ. ލުމެން ގެއަށް ހާޒިރުކޮށް، އޭނާގެ ހާޒިރުގައި އެ ގޭގެ ކޮޓަރިއެއް ފާސްކުރިއިރު، އެތަނުން ޖުމްލަ 84.9128 ގްރާމް ކެނެބިސް ފެނިފައިވެ އެވެ. މި ތަކެތި ހުރީ ބިއްލޫރި ފުޅިތަކާއި، ފިލްމު ހުސްކުރި ދަޅުތަކާއި، ރަބަރު ޕެކެޓްތަކުގަ އެވެ. މީގެ އިތުރުން، މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނާއި، އޭނާގެ ދެ ޕާސްޕޯޓާއި މެޑިކަލް ލިޔެކިޔުންތައްވެސް އެ ކޮޓަރިން ފެނިފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ޝަރީއަތުގެ ކުރީކޮޅު ސުއައިދު މި ދައުވާތަކަށް އިންކާރުކޮށް، އެއީ އޭނާގެ އެއްޗެހި ނޫން ކަމަށް ބުނި ނަމަވެސް، ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގައި އޭނާ ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ގާޒީ އަލީ ނަދީމް އިއްވެވި ހުކުމުގައިވަނީ:

  1. ކެނެބިސް ޓްރެފިކް ކުރުމާއި ބޭނުންކުރުމުގެ ދައުވާއަށް: 12 އަހަރާއި 6 މަހުގެ ޖަލު ހުކުމެއް. ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޒުކުރަންޖެހޭނީ 10 އަހަރާއި 1 މަހާއި 20 ދުވަހުގެ ޖަލު ހުކުމަކާއި 50،000 ރުފިޔާގެ ޖޫރިމަނާއެއް.
  2. މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއަށް: 12 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމަކާއި 50،000 ރުފިޔާގެ ޖޫރިމަނާއެއް.

މި ދެ ދައުވާ އެއްކޮށްލުމުން ސުއައިދުގެ މައްޗަށް ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އަދި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 100،000 ރުފިޔާ އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

5 ދުވަސް ކުރިން - 01:55

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 15:41

ކަޅު ބާޒާރުން މަސްތުވާތަކެތި އެތެރެކުރުމަށް މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: އަޙްމަދު ޝާޒްވަލީދު

ކުށުގެ ވެށިން މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: ޝާޒް

14 ދުވަސް ކުރިން - 09:31

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

17 ދުވަސް ކުރިން - 12:06

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 38 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފި

19 ދުވަސް ކުރިން - 11:45