Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުރިއަށް އޮތް 2 ދުވަހު، ރާއްޖެއަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވާނެ

ކުރިއަށް އޮތް 2 ދުވަހު، ރާއްޖެއަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވާނެ

ހައްވާ މިރުފާ
173 ދުވަސް ކުރިން - 29 ޖެނުއަރީ 2026 17:56
މާލެ ސަރަހައްދުގައި ވައި ނުސާފު ވެފައި---ފޮޓޯ: ޚުލާސާ
މާލެ ސަރަހައްދުގައި ވައި ނުސާފު ވެފައި---ފޮޓޯ: ޚުލާސާ
ޚުލާސާ

މިއަދާއި ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެއަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވާނެ، ހައި ރިސްކު މީހުން ސަމާލުވުން މުހިންމު

ރާއްޖެއަށް ކުރިއަށް އޮތް ދެ ދުވަހު ނުރައްކާތެރި މިންވަރަށް ވައި ނުސާފުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފި އެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ދުންފުހުގެ އަސަރު ނުވަތަ ވައި ނުސާފުވުމުގެ އަސަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ނުރައްކާތެރި މިންވަރަކަށް މިއަދު މަތިވެފައިވާ ކަމަށެވެ. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، މިއަދަކީ އެންމެ ބޮޑަށް ވައި ނުސާފުވި ދުވަސް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ދެ ކިލޯމީޓަރަށް ވުރެ ވެސް ދަށްވެފައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

ދުންފުހުގެ ސަބަބުން މިހާރު ރާއްޖޭގެ ހާލަތަށް ބަލާ އިރު:

ވިލިމާލޭގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 166 ގަ އެވެ. މިކޮލިޓީ މޮނީޓަރިން ސިސްޓަމް ބަހައްޓާފައި ހުރީ ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގަ އެވެ.

އެއާ ކޮލިޓީ އިންޑެކްސްއަށް ބަލާ ވައި ނުސާފުވުމަށް ސަމާލުވާން ޖެހޭ މިންވަރު ދެނެގަންނާނެ ގޮތް:

  1. އެއާ ކޮލިޓީ އިންޑެކްސް 101-150 ދެމެދު : އޮރެންޖު އެލާޓް. އޭގެ މަނާއަކީ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ
  2. އެއާ ކޮލިޓީ އިންޑެކްސް 151-200 ދެމެދު : ރެޑް އެލާޓް. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރުގައި

"ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް 2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 77 މައިކްރޯ ގްރާމްގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 15.4 ގުނަ މަތީ މިންވަރެކެވެ.

އެހެންކަމުން މިދުސްވަރު ބަލިމީހުންނާއި މުސްކުޅިންނާއި ކުޑަ ކުދިންގެ އިތުރުން މާބަނޑުމީހުން ބޭރަށް ނިކުމެއް އުޅޭ ވަގުތު ސަމާލުވުން މުހިންމެވެ. ހާއްސަކޮށް ނޭވާލުމުގެ ނިޒާމާއި ބެހޭ ބަލިތައް ހުންނަ މީހުންނާއި ހިތުގެ ބަލިތައް ހުންނަ މީހުންގެ އިތުރުން ވައި ނުސާފު ވުމުގެ ސަބަބުން އެލާޖިކް ވެދާނެ ފަދަ މީހުން ސަމާލުވުން މުހިންމެވެ.

އޭގެ އިތުރުން މި ހާލަތުގައި ބޭރު ތެރޭގައި އުޅޭ މިންވަރު މަދުކުރުމާއި ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުން ވަރަށް މުހިންމެވެ. ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަހައްޓަން ވާނީ ބަންދުކޮށްފަ އެވެ. އަދި ގޭގައި އެއާ ޕިއުރިފަޔާއެއް ބޭނުން ކުރުެވިދާނެ އެވެ. ވައި ނުސާފު ވުމުން ރާއްކާތެރި ވުމަށް ޓަކައި މިފަދަ ކަންތައްތަ ކުރެވޭނެ އެވެ

މޫސުންމޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

17 ދުވަސް ކުރިން - 12:19

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

46 ދުވަސް ކުރިން - 12:25

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: މެޓު

64 ދުވަސް ކުރިން - 14:36

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވޭ: މެޓް

70 ދުވަސް ކުރިން - 22:50

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

70 ދުވަސް ކުރިން - 22:30

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

72 ދުވަސް ކުރިން - 18:09