އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންނާއި ގާތް އެކުވެރިންތައް ނައްތާލުމަށް އެމެރިކާގެ މަޝްހޫރު ޤާނޫނީ ވަކީލު މާކް ލެވިން، ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައިފިއެވެ. އޭނާ ބުނީ އީރާނުގެ މުޅި ސިޔާސީ ނިޒާމު ވެސް "މެޕުން ފޮހެލަން ޖެހޭ" ކަމަށެވެ.
އީރާނުން ކުރިޔަށް އޮތް ގަނުގައި އެމެރިކާ އަށް ނިއުކްލިއާ ޙަމަލާ އެއް ވެސް ދީފާނެ ކަމަށް ބުނެ ފާޅުގައި އީރާނުގެ ވެރިން އަވަހާރަކޮށްލަން ގޮވައިލި ޔަހޫދީ ލެވިން އަކީ މަޝްހޫރު ރޭޑިއޯ ހޯސްޓެއްގެ އިތުރުން ޓީވީ ޕްރޮގުރާމްތައް ވެސް ހުށަހަޅާ މީހެކެވެ. އެމެރިކާގެ މަޝްހޫރު “ދަ މާކް ލެވިން ޝޯ” އާއި ފޮކްސް ނިއުސްގެ “ލައިފް، ލިބަރޓީ އެންޑް ލެވިން.”އަކީ އޭނާ ހުށަހަޅާ ޕްރޮގުރާމްތަކެވެ.
އެމެރިކާގެ އެންމެ ނުފޫޒު ގަދަ އެއް މީޑިއާ ކޮމެންޓޭޓަރު ކަމަށްވާ ޔަހޫދީ މާކް ލެވިން ހުށަހަޅާ ޕްރޮގުރާމްތަކަށް ޓްރަމްޕް ވެސް އަރައެވެ.
ޔަހޫދީން މަސައްކަތް ކުރަމުން ދަނީ އެމެރިކާ އާއި އީރާނާއި ދެމެދު އިތުރަށް ފިތުނަވެރިކަން އުފައްދައި އީރާނަށް ޙަމަލާ ދިނުމަށެވެ.
އީރާނުގެ ވެރިން މަރާލަން އެމެރިކާގެ މަޝްހޫރު ޔަހޫދީ ދަރިކޮޅުގެ މީހުން ގޮވަމުން ދާއިރު، ޚުދު ޓްރަމްޕް ވެސް ބޭނުން ވަނީ އީރާނަށް ޙަމަލާ ދިނުމަށެވެ. ނަމަވެސް ފަހުން ލިބިދާނެ ގެއްލުމަކަށް ބަލައި، އީރާނާއި އެކު މަޝްވަރާ ކުރުމަށް ވެސް ޓްރަމްޕް ވަނީ ގޮވާލާފައެވެ.
އީރާނުން ބުނީ އެ ޤައުމަށް ޙަމަލާ ދީފި ނަމަ “ވޭން ދެނިވި ޢަޛާބަކާއި” އެމެރިކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.










