Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭން ނިންމި މަސްދަޅު ކޭސްތައް އަތޮޅުތެރޭގައި ބަހަން ފަށައިފި

ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭން ނިންމި މަސްދަޅު ކޭސްތައް އަތޮޅުތެރޭގައި ބަހަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
131 ދުވަސް ކުރިން - 28 ޖެނުއަރީ 2026 17:03
އަތޮޅު ތެރޭގެ ރަށްތަރުގައި މަސްދަޅު ކޭސް ބަހަނީ/  ފޮޓޯ:ސިޓީސް މިނިސްޓްރީ
އަތޮޅު ތެރޭގެ ރަށްތަރުގައި މަސްދަޅު ކޭސް ބަހަނީ/ ފޮޓޯ:ސިޓީސް މިނިސްޓްރީ
ޚުލާސާ

މި އަހަރު ޖުމްލަ 118,773 ގޭބިސީއަކަށް މަސްދަޅު ކޭސް ބަހާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މިއަހަރުގެ ރަމަޟާން މަހުގެ "ރޯދަ ހަދިޔާ"ގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދޭން ނިންމި މަސްދަޅު ކޭސްތައް އަތޮޅުތެރޭގެ ރަށްތަކަށް ބަހަން ފަށައިފި އެވެ.

ސިޓީސް މިނިސްޓރީން ބުނިގޮތުގައި، މިހާރު ބައެއް ރަށްރަށުގައި ގޭގެއަށް މަސްދަޅު ކޭސްތައް ބަހައި ވަނީ ނިމިފަ އެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި މަސްދަޅު ބަަހަން ފަށާފައިވާއިރު، މި ހަފްތާގެ ތެރޭގައި ވަނީ އަތޮޅުތެރޭގެ ރަށްރަށަށްވެސް މަސްދަޅު ކޭސްތައް ފޮނުވަން ފަށާފަ އެވެ.

އެ މިނިސްޓްރީން ބުނީ، ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް މި މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް ހއ. އަތޮޅުގެ ތިން ރަށަކަށް މަސްދަޅު ފޮނުވިފައިވާއިރު، އެ އަތޮޅު މުރައިދޫގެ 137 ގޭބިސީއަކަށް މަސްދަޅު ބަހައި މިހާރު ވަނީ ނިމިފަ އެވެ.

Advertisement

Advertisement 1

މީގެ އިތުރުން ހދ. އަތޮޅުގެ ފިނޭގެ 100 ގޭބިސީއަށާއި، ނޮޅިވަރަންފަރުގެ 350 ގޭބިސީއަށްވެސް މަސްދަޅު ކޭސްތައް ހަވާލުކޮށް ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ނޮޅިވަރަމުގައި މަސްދަޅު ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ނ. އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ވަނީ މަސްދަޅު ކޭސްތައް ފޮނުވާފަ އެވެ.

ޅ. އަތޮޅުގެ ހަތަރު ރަށަކަށް މަސްދަޅު ފޮނުވާފައިވާއިރު، އެ އަތޮޅު އޮޅުވެލިފުށީގެ 137 ގޭބިސީއަކަށް މަސްދަޅު ކޭސްތައް ހަވާލުކޮށް މިހާރު ވަނީ ނިމިފަ އެވެ.

ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ޖުމްލަ 118,773 ގޭބިސީއަކަށް މަސްދަޅު ކޭސް ބެހުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ 61,755 ގޭބިސީއަކާއި، އަތޮޅުތެރޭގެ ރަށްތަކާއި ސިޓީތަކުގެ 56,918 ގޭބިސީ އެވެ.

ރަށްރަށުގައި މި ހަދިޔާ ދޫކުރަމުން ދަނީ އެ ރަށެއްގެ ރަށު ކައުންސިލްތައް މެދުވެރިކޮށް، ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިންނެވެ. މިއީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ސިޓީސް މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން: މިނިސްޓަރު އާދަމް ޝަރީފް

"ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން"

64 ދުވަސް ކުރިން - 14:04

އަލަށް އިމާރާތްކުރެވޭ ކައުންސިލުތަކުގައި ޖާގަ ތަނަވަސްވާނެ: މިނިސްޓަރ އާދަމް ޝަރީފް

"އަލަށް އިމާރާތްކުރެވޭ ކައުންސިލުތަކުގައި ޖާގަ ތަނަވަސްވާނެ"

95 ދުވަސް ކުރިން - 16:19

ޕީއެސްއައިޕީގެ ދަށުން އިމާރާތްކުރާ 6 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ނިމިއްޖެ

ހަ ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ނިމިއްޖެ

95 ދުވަސް ކުރިން - 16:18

މަސްދަޅު ކޭސް ދޫކުރާނީ ރޯދަ މަހު 15 އާ ހަމަޔަށް

މަސްދަޅު ދޫކުރާނީ ރޯދަމަހު 15 އާ ހަމަޔަށް

103 ދުވަސް ކުރިން - 15:27

ސާދަ ރަށަކަށް ޕާކް ސެޓު ފޮނުވަން ފަށައިފި

ސާދަ ރަށަކަށް ޕާކް ސެޓު ފޮނުވަން ފަށައިފި

104 ދުވަސް ކުރިން - 10:55

މާލެ ސަރަހައްދުގައި ބައިލައްކަ އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

މާލެ ސަރަހައްދުގައި 53,308 މަސްދަޅު ކޭސް ބަހައިފި

116 ދުވަސް ކުރިން - 16:50