Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނުރައްކާތެރި "ނިޕާ ވައިރަސް", އިންޑިއާގައި ފެތުރެން ފަށައިފި

ނުރައްކާތެރި "ނިޕާ ވައިރަސް", އިންޑިއާގައި ފެތުރެން ފަށައިފި

މުހައްމަދު ޖަމްޝަތު
225 ދުވަސް ކުރިން - 26 ޖެނުއަރީ 2026 22:01
އިންޑިއާ އިން މީގެ ކުރިންވެސް ނިޕާ ވައިރަސް ވަނީ ފެނިފަ. މި ވައިރަހަށް ވެކްސިނެއް އަދިވެސް ނުހޯދޭ---
އިންޑިއާ އިން މީގެ ކުރިންވެސް ނިޕާ ވައިރަސް ވަނީ ފެނިފަ. މި ވައިރަހަށް ވެކްސިނެއް އަދިވެސް ނުހޯދޭ---
ޚުލާސާ

ނިޕާ ވައިރަސް އަކީ ވާލުގެ ޒަރީޔާއިން އިންސާނުން ގަޔަށް އަރާ ވައިރަހެއް. މި ބައްޔަށް މިހާތަނަށް ވެކްސިނެއް ހެދިފައެއްް ނުވޭ

އިންޑިއާގެ އިރުމަތީ ސްޓޭޓް ކަމަށްވާ ވެސްޓް ބެންގަލްގައި ނިޕާ ވައިރަސް ފެތުރެން ފެށުމާ ގުޅިގެން އެގައުމުގެ ސިއްހީ އިދާރާތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އިންޑިއާގައި ކެރެލާ ސްޓޭޓުން މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ނިޕާ ވައިރަސް ވަނީ ފެނިފަ އެވެ. ނަމަވެސް މިފަހަރު މި ބަލި ފެނިފައިވަނީ އިންޑިއާގެ ވެސްޓް ބެންގަލްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ދެ ނަރުހެއް ގައިން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އެ ފަހުން އެ ހޮސްޕިޓަލުގެ ޑޮކްޓަރެއްވެސް އެ ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް ފަސް މީހަކު މި ވައިރަހަށް ޕޮޒިޓިވް ވެ، ގާތްގަނޑަކަށް 100 މީހަކު ވަނީ ކަރަންޓީނު ކޮށްފަ އެވެ.

ނިޕާ ވައިރަސް އަކީ ޖަނަވާރުންގެ ފަރާތުން، ވަކިން ހާއްސަކޮށް ވާލުގެ ޒަރީއާއިން އިންސާނުންގެ ގަޔަށް އަރާ ވައިރަހެކެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ އިންސާނެއްގެ ފަރާތުންވެސް އެހެން މީހުންނަށް މި ބަލި ފެތުރެ އެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ކެއްސުން، ނޭވާލާން އުނދަގޫވުން އަދި ސިކުނޑި ދުޅަވުން ހިމެނެ އެވެ. މި ބައްޔަށް މިހާތަނަށް ވަކި ހާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެ އެވެ.

Advertisement

Advertisement 1

މި ބަލީގެ ނުރައްކާތެރިކަން ބޮޑީ ބަލި ޖެހޭ މީހުންގެ ތެރެއިން 40 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުން މަރުވުމުގެ ފުރުސަތު އޮންނާތީ އެވެ.

މި ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން، އެހެން ގައުމުތަކުން ވެސް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ތައިލެންޑުން އިންޑިއާއިން އެއާޕޯޓްތަކަށް އަންނަ މީހުން ސްކްރީންކުރަން ފަށާފައިވާއިރު، ތައިވާނުން ނިޕާ ވައިރަސްއަކީ ކެޓަގަރީ 5ގެ ބައްޔެއްގެ ގޮތުގައި ކަނޑައެޅުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.

އިންޑިއާގެ ވެސްޓް ބެންގަލްއަކީ ދިވެހިން ދަތުރުފަތުރުކޮށް އުޅޭ ސަރަހައްދަކަށް ނުވި ނަމަވެސް، އިންޑިއާގެ އެކި ހިސާބުތަކުގައި ބަލި ފެތުރެމުންދާތީ ރާއްޖެއިންވެސް މި ބައްޔަށް ސަމާލުވުން މުހިންމެވެ.

ސިއްހަތުއިންޑިއާދުނިޔެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

5 ގަޑިއިރު ކުރިން - 12:02

ޓައިޕްކުރުމާއި ލިޔުން ފަދަ އާންމު ދިރިއުޅުމުގެ ކަންކަމުން އަތްތިލައިގެ ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް!

އާންމު ދިރިއުޅުމުގެ އާދަތަކުން ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް ލިބޭ!

1 ދުވަސް ކުރިން - 14:59

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

9 ދުވަސް ކުރިން - 09:01

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

14 ދުވަސް ކުރިން - 23:28