މެޓް އޮފީހުގައި 47 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އަލީ ޝަރީފް ރިޓަޔާ ކުރައްވަނީ

ހައްވާ މިރުފާ | 16 ގަޑިއިރު ކުރިން - 24 ޖެނުއަރީ 2026 13:46
މިނިސްޓަރު ތޯރިގް މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފް އާ ބައްދަލުުކުރެއްވުން---ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މިނިސްޓަރު ތޯރިގް މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފް އާ ބައްދަލުުކުރެއްވުން---ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޚުލާސާ

އަލީ ޝަރީފް ވަނީ މެދުނުކެނޑި 47 އަހަރު މެޓް އޮފީހުގައި މަސައްކަތް ކުރައްވާފަ

މެދުކެނޑުމެއްނެރި 47 ހަތަރު އަހަރުގެގެ އަގު ހުރި މަސައްކަތަށް ފަހު މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފް ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

މެދުކެނޑުމެއް ނެތި ދިވެހިރާއްޖޭގެ މެޓް އޮފީހަށް ހިދުމަތް ކުރައްވަމުން ގެންދެވި އަލީ ޝަރީފްގެ ރިޓަޔާކުރައްވަން ނިންމުމާ ގުޅިގެން ޓޫރިޒަމް އެންޑް އެންވާރޮމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވަނީ އެބޭފުޅާއަށް ބައްދަލު ކުރައްވައިފަ އެވެ. މިބައްދަލު ކުރެއްވުމުގައި މިނިސްޓަރުގެ އިތުރުން މިނިސްޓްރީއާއި މެޓް އޮފީހުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގެ ފޮޓޯ މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގެ ރަށްތައް ހިމާޔަތް ކުރުމަށް ޓަކައި އަލީ ޝަރީފް ކުރެއްވި ބުރަ މަސައްކަތަކަށް ތާއަބަދަށް ވެސް ޝުކުރުވެރިވާނެ ކަމަށެވެ.

އަލީ ޝަރީފަކީ މޫސުމާބެހޭ ދާއިރާގައި ފުންނާބު އުސް ބޭފުޅެކެވެ. މެޓް އޮފީހުގައި ހޭދަ ކުރެއްވި ދިގު 47 އަހަރު ތެރޭގައި އަލީ ޝަރީފް ހުންނެވީ މެޓް އޮފީހާއި އެ ދާއިރާއާ ގުޅުން ހުރި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިގެންނެވެ.

އަލީ ޝަރީފް މިހާރު ހުންނަނެވީ މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަދި ވެދާ ސާވިސް ޑިވިޝަންގެ ވެރިޔާގެ މަގާމުގައި އެވެ. ރިޓަޔާ ކުރައްވަން ނިންމާފައިވީ ނަމަވެސް ރިޓަޔާވެ ވަޑައިގަންނަވާނީ ސީދާ ކޮން ތާރީހަކުން ކަމެއް އަދި އިއުލާނު ނުކުރައްވަ އެވެ.




TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%