ތޫނިސްގައި ފެން ބޮޑުވެ 5 މީހުން މަރުވެއްޖެ

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 22 ޖެނުއަރީ 2026 23:12
ތުނިސް އަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ފެން ބޮޑުވެފައިވާ މަގެއް.
ތުނިސް އަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ފެން ބޮޑުވެފައިވާ މަގެއް.
ޚުލާސާ

ތޫނިސް އަށް ކުރަމުންދާ ވިއްސާރައިގައި ފަސްމީހަކު މަރުވެފައިވާއިރު މަސްވެރި އުޅަނދެއް ބަންޑުން ޖަހާލައި 4 މީހަކު ވަނީ ގެއްލިފަ.

ތޫނިސް އަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާއި ގުޅިގެން 5 މީހުން މަރުވެއްޖެއެވެ.

ޓިއުނީޝިއާގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ 24 ސަރަޙައްދެއްގައި ފެން ބޮޑުވެ އޭގެތެރެއިން 15 ސަރަޙައްދެއްގެ ދަތުރުފަތުރު ހުއްޓި ސްކޫލް ތައް ވެސް ބަންދު ކޮށްފައިވާ ކަމަށެވެ.

ޓިއުނީޝިއާގެ ނޭޝަނަލް ގާޑުން ބުނީ ޖަންކްޝަންތައް ފުރިފައި ހުރުމުގެ ސަބަބުން ބައެއް މަގުތައް ވެސް ވަނީ ބަންދު ކޮށްފައެވެ.

ޓިއުނީޝިއާ އަށް ކުރަމުންދާ ވިއްސާރައާއި ގަދަ ވައިގެ ސަބަބުން މަސްވެރި އުޅަނދެއް ވެސް ބަންޑުން ޖަހާލައި އޭގައި ތިބި މީހުން ވެސް ވަނީ ގެއްލިފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި އެކަކު ސަލާމަތްވިއިރު، 4 މީހުން އަދިވެސް ނުފެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%