Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެފްޑީސީން ހައުސިން ޔުނިޓުތަކަށް ކަރަންޓު ގުޅައި ނިންމާލައިފި

އެފްޑީސީން ހައުސިން ޔުނިޓުތަކަށް ކަރަންޓު ގުޅައި ނިންމާލައިފި

އައިޝަތު ރުވާ ރިފްޢަތު
226 ދުވަސް ކުރިން - 21 ޖެނުއަރީ 2026 19:26
އެފްޑީސީން ފްލެޓް ކަރަންޓު ގުޅުމުގެ މަސައްކަތް/ ފޮޓޯ: ސްޓެލްކޯ
އެފްޑީސީން ފްލެޓް ކަރަންޓު ގުޅުމުގެ މަސައްކަތް/ ފޮޓޯ: ސްޓެލްކޯ
ޚުލާސާ

އެމްޑަބްލިއުއެސްސީން މި ޓަވަރުތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައި ނިންމާފައިވާއިރު، ކަރަންޓުގެ ހިދުމަތާއެކު މި ފްލެޓްތަކަށް ބޭނުންވާ އަސާސީ ހުރިހާ ހިދުމަތެއް މިހާރު ވަނީ ނިމިފައި.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ބެލުމުގެ ދަށުން ތަރައްގީކޮށްފައިވާ 4،000 ހައުސިންގ ޔުނިޓަށް ކަރަންޓުގެ ހަިދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާލައިފި އެވެ.

ސްޓެލްކޯއިން ބުނިގޮތުގައި، މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ ފަންނީ ހުރިހާ މަސައްކަތެއް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. މީގެ ތެރޭގައި މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ހިމެނެ އެވެ. ސްޓެލްކޯއިން ބުނީ މިކަމާ ގުޅޭ އެންމެހާ ޓެސްޓުތައްވެސް މިހާރު ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ.

މިއަހަރުގެ ކުރީކޮޅު އެމްޑަބްލިއުއެސްސީން މި ޓަވަރުތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައި ނިންމާފައިވާއިރު، ކަރަންޓުގެ ހިދުމަތާއެކު މި ފްލެޓްތަކަށް ބޭނުންވާ އަސާސީ ހުރިހާ ހިދުމަތެއް މިހާރު ވަނީ ފުރިހަމަވެފަ އެވެ.

Advertisement

Advertisement 1

އެފްޑީސީން މިހާރު އަންނަނީ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ބާރުމިނެއްގައި ކުރަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ މި ހިނގާ މަހުގެ ނިޔަލަށް ހުރިހާ ތަޅުދަނޑިތަކެއް ހަވާލުކޮށް ނިންމުމެވެ. މިހާރުވެސް ތަޅުދަނޑި ހަވާލުކުރެވުނު ގިނަ ފަރާތްތަކަކުން ދަނީ ފްލެޓްތަކަށް ބަދަލުވަމުންނެވެ. އަދި ބައެއް އާއިލާތަކުން އަންނަނީ ރޯދަ މަހުގެ ކުރިން ފްލެޓްތަކަށް ވަދެވޭތޯ ތައްޔާރުވަމުންނެވެ.

އާންމުން ފްލެޓްތަކަށް ވަންނަން ފަށާފައިވާއިރު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދަނީ އެ ސަރަހައްދުގެ މަގުތަކާއި ވަށައިގެންވާ މާހައުލު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅެން ފަށާފައިވާ އާއިލާތަކަށް ބޭނުންވާ އިތުރު ލުއިފަސޭހަ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ.

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ މި ހައުސިން ޔުނިޓުތައް ބެހިފައިވަނީ "އަމާން އުދަރެސް" ގެ 16 ޓަވަރާއި "އަމާން ދޯދީ" ގެ 16 ޓަވަރުގެ މައްޗަށެވެ. މީގެ ތެރޭގައި ހިމެނެނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކާއި 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންސްޓެލްކޯފްލެޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

1 ދުވަސް ކުރިން - 10:44

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސްޓެލްކޯގެ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

3 ދުވަސް ކުރިން - 13:32

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

30 ދުވަސް ކުރިން - 11:49

ފޭސް 2 ގެ އާންމު ސަރަހައްދުތަކުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

އާންމު ސަރަހައްދުތަކުން އެފްޑީސީން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

33 ދުވަސް ކުރިން - 10:48

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

:އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ”

46 ދުވަސް ކުރިން - 19:54

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

92 ދުވަސް ކުރިން - 15:12