ރަޝިޔާގެ ހަމަލާތަކާއި އެކު ޔުކްރޭނުގައި ކަރަންޓެއް ނެތް!

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 20 ޖެނުއަރީ 2026 19:34
ޔުކްރޭނުގެ އަނދިރި މަގުމަތިން ވެހިކަލްތަކެއް ދަތުރުކުރަނީ: ވެރިރަށް ކިއެވް އިން އެކަނި ވެސް ގާތްގަނޑަކަށް 335،000 ގެއަށް ކަރަންޓް ނުލިބޭ
ޔުކްރޭނުގެ އަނދިރި މަގުމަތިން ވެހިކަލްތަކެއް ދަތުރުކުރަނީ: ވެރިރަށް ކިއެވް އިން އެކަނި ވެސް ގާތްގަނޑަކަށް 335،000 ގެއަށް ކަރަންޓް ނުލިބޭ
ޚުލާސާ

ރަޝިއާއިން ރޭ ދިން ޙަމަލާތަކުގެ ސަބަބުން ޔުކްރޭނުގެ ވެރިރަށް ކިއޭވް ހިމެނޭހެން 7 ސަރަޙައްދަކަށް ކަރަންޓެއް ނުލިބޭ

ރަޝިޔާގެ ސިފައިން ރޭ ޔުކްރޭނަށް ދިން ވަރުގަދަ ޑްރޯން ޙަމަލާ ތަކުގެ ސަބަބުން ޔުކްރޭނުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި، އަދިވެސް ކަރަންޓެއް ލިބޭނެ ގޮތެއް ނެތި، އެތައް ބަޔަކު ގަދަ ފިނީގައި އެބަ ތިއްބެވެ.

މަސްދަރުތައް ބުނާ ގޮތުގައި ރަޝިއާ އިން ރޭ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔުކްރޭނުގެ ހަކަތަ އާއި ބެހޭ ތަންތަނަށެވެ. އެހެންކަމުން މަދުވެގެން ހަތް ސަރަޙައްދެއްގައި އެއްގޮތަކަށްވެސް ކަރަންޓެއް ނެތް ކަމަށާއި އޭގެ ތެރޭގައި ޔުކްރޭނުގެ ވެރިރަށް ކިއޭވް އާއި، އޮޑެސާ، ސުމީ، ޚާރްކިވް، ޑޮނެޓްސްކް، ޑްނިޕްރޮޕެޓްރޯވްސްކް އަދި ޗެރްނިހިވް ހިމެނޭ ކަމަށް ޔޫކްރޭންގެ އެނާޖީ މިނިސްޓްރީން ބުނެއެވެ.

ވެރިރަށް ކިއެވް އިން އެކަނި ވެސް ގާތްގަނޑަކަށް 335،000 ގެއަށް ކަރަންޓް ނުލިބެއެވެ. ރަޝިއާއިން ރޭ ޔުކްރޭނަށް ސަތޭކަ އަށް ވުރެ ގިނަ ޑްރޯން ޙަމަލާ ދީފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

ރަޝިއާއިން ޔުކްރޭނަށް ޙަމަލާ ދެމުންދާ މައިގަނޑު ސަބަބަކީ ނެޓޯގެ ބަހަށް ޔުކްރޭނުގެ ރައީސް ޒެލެންސްކީ ހެއްލި، ރަޝިއާ އަށް ނުރައްކާ ކުރަމުން ދާތީ ކަމަށް ރަޝިއާ އިން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%