Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އޮސްޓްރޭލިއާ އަށް ފަހު ޔޫކޭ އިން ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރަނީ

މުހައްމަދު ޖަމްޝަތު
266 ދުވަސް ކުރިން - 20 ޖެނުއަރީ 2026 20:25
ޔޫކޭ އިން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭންކުރުމާ ގުޅޭ މަޝްވަރާތައް ފަށާފަ---
ޔޫކޭ އިން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭންކުރުމާ ގުޅޭ މަޝްވަރާތައް ފަށާފަ---
ޚުލާސާ

މިދިޔަ ޑިސެމްބަރުން ފެށިގެން އޮސްޓްރޭލިއާ ގައި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ވަނީ މަނާކޮށްފަ. މިއީ ގައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރު

ސޯޝަލް މީޑިޔާގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އެކުދިން ސަލާމަތް ކުރުމަށްޓަކައި، އޮސްޓްރޭލިއާ އިން އެކުލަވާލި އުސޫލުތަކާ އެއްގޮތަށް ކުޑަކުދިން ސޯޝަލްމީޑިއާ ބޭނުންކުރުން މަނާކުރުމާ ގުޅޭގޮތުން އިނގިރޭސިވިލާތުން މަޝްވަރާކުރަން ފަށައިފި އެވެ.

އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ހިމާޔަތަށް އަޅާފައިވާ ފިޔަވަޅުތަކާއި އޭގެ ނަތީޖާތައް އެގައުމުން މިހާރު ދަނީ ވަރަށް ގާތުން ބަލަމުންނެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ސޯޝަލްމީޑިއާ މަނާކުރުމަކީ އެންމެ އެދެވޭ ހައްލުތޯ ބެލުމާއި، އެފަދަ ނިންމުމެއް ނިންމައިފިނަމަ އެކަން އަމަލީގޮތުން ތަންފީޒުކުރާނެ ގޮތްތަކާ މެދު ދިރާސާ ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

މިފަދަ މަޝްވަރާތަކެއް ފެށިފައި މިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާނެ ކޮންޓެންޓް އުފެއްދުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ހާއްސަކޮށް، އީލޮން މަސްކްގެ 'ގްރޮކް، އެކްސް އޭއައި' މެދުވެރިކޮށް ކުޑަކުދިންގެ ފޮޓޯތައް ބަރަހަނާކޮށް ބަދަލުކުރެވޭ މައްސަލަ ބޮޑުވެފައިވާ ވަގުތެއްގަ އެވެ.

Advertisement

Advertisement 1

އިނގިރޭސި ސަރުކާރުން އިތުރަށް ބުނީ، އޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯ ބަރަހަނާކުރުން މަނާކުރުމުގެ އިތުރުން، ކުޑަކުދިން ގެންގުޅޭ ފޯނާއި ޓެބްލެޓް ފަދަ ތަކެތިން ބަރަހަނާ މަންޒަރުތައް ނުފެންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޮސްޓްރޭލިއާގެ އިންޓަނެޓް ރެގިއުލޭޓަރުން ބުނާ ގޮތުގައި އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 96 ޕަސެންޓް ކުދިންނަކީ ސޯޝަލް މީޑިއާ އެކައުންޓްތައް ގެންގުޅޭ ކުދިންނެވެ. އެގައުމުން މިދިޔަ ޑިސެމްބަރު މަހު 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލްމީޑިއާ މަނާކުރުމާ ގުޅިގެން، މިހާތަނަށް އެ އުމުރުފުރައިގެ ކުދިން ބޭނުންކުރި ގާތްގަނޑަކަށް ފަސް މިލިއަން އެކައުންޓް ވަނީ ޑިލީޓްކޮށްފަ އެވެ.

މިއީ ދުނިޔޭގައި މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް އިންސްޓަގްރާމް، ފޭސްބުކް، ޔޫޓިއުބް، ޓިކްޓޮކް، ސްނެޕްޗެޓް އަދި އެކްސް ފަދަ ޕްލެޓްފޯމްތައް ބޭނުން ނުކުރެވޭނެ އެވެ. އަދި ކުޑަކުދިންގެ އެކައުންޓްތައް ޑިލީޓް ނުކުރާ ކުންފުނިތައް 33 މިލިޔަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ގޮތަށް އޮސްޓްރޭލިއާގެ ގާނޫނު ވަނީ ބައްޓަންކޮށްފަ އެވެ.

އޮސްޓްރޭލިއާއިނގިރޭސީވިލާތްސޯޝަލް މީޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"އިނގިރޭސި އެއާޕޯޓަށް ހަމަލާ ދޭން ރޭވީ އީރާން ކަމަށް ޔަގީނާއި ގާތް"

"އިނގިރޭސި އެއާޕޯޓަށް ހަމަލާ ދޭން ރޭވީ އީރާން ކަމަށް ޔަގީނާއި ގާތް"

1 ދުވަސް ކުރިން - 20:21

އެއާބޭސް ގޮއްވާލަން އުޅުނު މައްސަލައިގެ ފަހަތުގައި އީރާން އޮވެދާނެ: ޔޫކޭގެ ބޮޑުވަޒީރު

އެއާބޭސް ގޮއްވާލަން އުޅުނު މައްސަލައިގެ ފަހަތުގައި އީރާން އޮވެދާނެ: ޔޫކޭގެ ބޮޑުވަޒީރު

13 ދުވަސް ކުރިން - 08:42

ޔޫކޭ އެއާބޭސް ކައިރިން ފެނުނު ގޮވާތަކެއްޗާއި އީރާނާއި ގުޅުމެއް ނެތް: ތެހެރާން

ޔޫކޭ އެއާބޭސް ކައިރިން ފެނުނު ގޮވާތަކެއްޗާއި އީރާނާއި ގުޅުމެއް ނެތް: ތެހެރާން

15 ދުވަސް ކުރިން - 19:01

"މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" މިއަދު ފަށައިފި

"މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" މިއަދު ފަށައިފި

16 ދުވަސް ކުރިން - 16:43

ޗާގޯސް މައްސަލައިގައި ރަސްމީ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ދައުވަތު އަރުވައިފި

ޗާގޯސް މައްސަލައިގައި ރަސްމީ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ދައުވަތު އަރުވައިފި

36 ދުވަސް ކުރިން - 11:58

ވިއެންނާ މިއުޒިއަމަކުން މިސްރުގެ ރާނީގެ 673 ޑައިމަންޑުގެ ހާރު ވަގަށް ނަގައިފި!

ވިއެންނާ މިއުޒިއަމަކުން މިސްރުގެ ރާނީގެ 673 ޑައިމަންޑުގެ ހާރު ވަގަށް ނަގައިފި!

44 ދުވަސް ކުރިން - 13:22