އޮސްޓްރޭލިއާގައި މިޔަރުގެ ނުރައްކާ! މޫދަށް އެރުން މަނާކޮށްފި

ހުސައިން އިސްމާއިލް | 5 ދުވަސް ކުރިން - 20 ޖެނުއަރީ 2026 11:42
މޫދަށް އެރި އުޅުނު މީހަކަށް ޙަމަލާ ދިނުމަށް އޭނާގެ ފަހަތުން މިޔަރެއް ދުވާ މަންޒަރު / ފޮޓޯ: އަލަމީ
މޫދަށް އެރި އުޅުނު މީހަކަށް ޙަމަލާ ދިނުމަށް އޭނާގެ ފަހަތުން މިޔަރެއް ދުވާ މަންޒަރު / ފޮޓޯ: އަލަމީ
ޚުލާސާ

އިންސާނުންނަށް ޙަމަލާދޭ މިޔަރުތައް ގިނަވެ އޮސްޓްރޭލިއާގެ ސިޑްނީގެ ބީޗް ބަންދުކޮށް، އެތަނަށް މޫދަށް އެރުން ވެސް މަނާކޮށްފި

އޮސްޓްރޭލިޔާގެ ސިޑްނީގެ މޫދަށް އެރޭ މީހުންނަށް މިޔަރުތައް ޙަމަލާދޭ މައްސަލަ ބޮޑުވެގެން، ވަގުތީ ގޮތުން ސިޑްނީގެ ބީޗް ބަންދު ކޮށްފިއެވެ. 

ފާއިތުވި ދެދުވަސްތެރޭ 4 މީހެއްގެ ގައިގައި މިޔަރު ދަތް އެޅިއިރު އެކެއްގެ ޙާލު ސީރިއަސް ކަމަށް ޚަބަރުތައް ބުނެއެވެ.

ނިއު ސައުތު ވޭލްސް ޕޮލިހުން ބުނީ އޭގެތެރެއިން އެއް ޙަމަލާގައި އުމުރުން 20 އަހަރުގެ ރާޅާއަޅާ މީހެއްގެ ފަޔަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ޙާލު ސީރިއަސް ކަމަށެވެ.

އިއްޔެ ޑީވައި ބީޗުގައި ރާޅާ އަޅަން އުޅެނިކޮށް ވެސް މިޔަރެއްގެ ޙަމަލާ އަމާޒުވިއިރު އޭގެ ކުރީ ދުވަހު ވޯކްލޫސްގެ ޝާކް ބީޗުގައި އުމުރުން 12 އަހަރުގެ ކުއްޖަކަށް ވެސް މިޔަރެއް ވަނީ ޙަމަލާ ދީފައެވެ.

އޮސްޓްރޭލިއާގައި 48 ގަޑިއިރުގެ ތެރޭގައި މިޔަރުގެ ޙަމަލާ އާއި ކުރިމަތިލާން ޖެހުނު 4 މީހަކަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%