ސައޫދީގެ އެންމެ ދުވަސްވީ މީހާ އުމުރުން 142 އަހަރުގައި ނިޔާވެއްޖެ

ހުސައިން އިސްމާއިލް | 6 ދުވަސް ކުރިން - 19 ޖެނުއަރީ 2026 10:49
ސައޫދީގެ އެންމެ ދުވަސްވީ މީހާ، ނާޞިރު ބިން ރަދާން އާލު ރާޝިދު އަލް ވަދްޢާނީ:  ނިޔާވި އިރު އުމުރަކީ 142 އަހަރު
ސައޫދީގެ އެންމެ ދުވަސްވީ މީހާ، ނާޞިރު ބިން ރަދާން އާލު ރާޝިދު އަލް ވަދްޢާނީ: ނިޔާވި އިރު އުމުރަކީ 142 އަހަރު
ޚުލާސާ

40 އަށް ވުރެ ހިނަ ފަހަރު ޙައްޖުގެ އަޅުކަން އަދާކުރި ނާޞިރު ބިން ރަދާން އާލު ރާޝިދު އަލް ވަދްޢާނީ ނިޔާވި އިރު ދަރިފަސްކޮޅުގައި 134 ކުދިން

ސައޫދީ ޢަރަބިއްޔާގެ އެންމެ ދުވަސްވީ މީހާ ކަމަށްވާ ނާޞިރު ބިން ރަދާން އާލު ރާޝިދު އަލް ވަދްޢާނީ، ޢުމުރުން 142 އަހަރުގައި ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ މިމަހުގެ 11 ވަނަ ދުވަހުގައި ކަމަށް ސައޫދީ ނޫސްތަކުގައި ވެއެވެ.

ސައުދީގެ އެތައް ރަސްރަސްކަލުންގެ ވެރިކަމުގެ ތެރޭގައި ދިރިއުޅުއްވި އަލް ވަދްޢާނީ އަކީ ދީނީ ކަންކަމުގައި ވަރަށް ފަރުވާތެރިކަން ބެހެއްޓި، 40 އަށް ވުރެ ގިނަ ފަހަރު ޙައްޖުގެ އަޅުކަން ކޮށްފައިވާ މީހެއް ކަމަށް އޭނާ ދަންނަ މީހުންނާއި ޙަވާލާދީ ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.

ދީނީ ކަންކަމަށް ލޯބި ކުރެއްވި ވަދްޢާނީ ނިޔާވި އިރު، ދަރީންނާއި ކާފަދަރީންނާއި މުނިކާފަދަރީން ހިމެނޭހެން 134 ކުދިން ދުނިޔޭގައި އެބަތިއްބެވެ. މިއީ ސައޫދީ ރަސްކަމުގައި އެނގިފައިވާ އެންމެ ބޮޑު އެއް އާއިލީ ނަސްލެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%