Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓިކްޓޮކްގެ "ޕައިންޑްރާމާ"؛ އެއް މިނެޓުގެ ކުރު ޑްރާމާތަކަށް ހާއްސަ އެޕެއް

ޓިކްޓޮކްގެ "ޕައިންޑްރާމާ"؛ އެއް މިނެޓުގެ ކުރު ޑްރާމާތަކަށް ހާއްސަ އެޕެއް

މުހައްމަދު ޖަމްޝަތު
188 ދުވަސް ކުރިން - 18 ޖެނުއަރީ 2026 22:34
ޕައިންޑްެރާމާ އެޕްގެ ސްކްރީންޝޮޓްތަކެއް---
ޕައިންޑްެރާމާ އެޕްގެ ސްކްރީންޝޮޓްތަކެއް---
ޚުލާސާ

މި އެޕްލިކޭޝަން މިވަގުތު ލިބެނީ އެމެރިކާ އާއި ބްރެޒިލް އަށް. ގްލޯބަލީ މި އެޕް ލޯންޗުކުރާނެ ތާރީހެއް ޓިކްޓޮކުން އަދި ހާމައެއް ނުކުރޭ

ދުނިޔޭގައި އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓިކްޓޮކުން، ކުރު ޑްރާމާ ސީރީޒްތަކަށް އަމާޒުކޮށްގެން "ޕައިންޑްރާމާ" ގެ ނަމުގައި އާ އެޕްލިކޭޝަނެއް ބާޒާރަށް ނެރެފިއެވެ.

މި އާ އެޕްލިކޭޝަން މިހާރު ވަނީ އެމެރިކާ އާއި ބްރެޒިލްގެ އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ލިބޭނެ ގޮތް ހަދާފަ އެވެ.

ބިޒްނަސް އިންސައިޑާގެ ރިޕޯޓްތައް ބުނާގޮތުން، މިއީ އެއް މިނެޓުގެ ކުރު ބައިތަކެއްގެ މައްޗަށް އެކުލެވޭ ހިޔާލީ ވާހަކަތައް ގެނެސްދޭ ޕްލެޓްފޯމެކެވެ. މިވަގުތު އެއްވެސް އިޝްތިހާރަކާ ނުލައި ހިދުމަތް ދެމުންދާ މި އެޕްގައި ތްރިލާ އާއި ލޯބީގެ ވާހަކަތައް ހިމެނޭއިރު، "ލަވް އެޓް ފަސްޓް ބައިޓް" ފަދަ ސީރީޒްތައް ފާހަގަކޮށްލެވެ އެވެ.

Advertisement

Advertisement 1

ޕައިންޑްރާމާ ފަރުމާކޮށްފައިވަނީ ޓިކްޓޮކްގެ އަސްލު ބައްޓަމާ އެއްގޮތަށް ޕޯޓްރެއިޓް ވީޑިއޯ ފީޑެއް މެދުވެރިކޮށް ކޮންޓެންޓް ބަލާލެވޭ ގޮތަށެވެ. މީގެ އިތުރުން އާ ވީޑިއޯތައް ހޯދުމަށް "ޑިސްކަވާ" ބަޔަކާއި، ބަލާފައިވާ އެޕިސޯޑުތައް އެނގޭނެ "ވޮޗް ހިސްޓްރީ" އަދި ގަޔާވާ ޑްރާމާތައް ރައްކާކުރެވޭނެ "ފޭވަރިޓްސް" ބައެއް ވެސް މި އެޕްގައި ހިމަނާފައިވެ އެވެ.

މައިކްރޯ ޑްރާމާ ތަކަކީ މުނިފޫހި ފިލުވުމުގެ ދާއިރާގައި މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ސިނާއަތެކެވެ. ކުރިން ކުއިބީ ފަދަ ބޮޑު ބަޖެޓުގެ ޕްލެޓްފޯމްތަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރީލްޝޯޓް އަދި ޑްރާމާބޮކްސް ފަދަ ކުޑަ ބަޖެޓުގެ އެޕްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ވޭރިއަޓީން ލަފާކުރާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް މި ދާއިރާއިން އަހަރަކު 26 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އުފައްދާނެ އެވެ.

ޓިކްޓޮކްގެ މި އާ އުފެއްދުމަކީ ކުރު ވީޑިއޯގެ ދާއިރާގައި އެ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާ ބޭނުންކޮށްގެން، މުނިފޫހިފިލުވުމުގެ އާ މާކެޓެއްގައި ފައިތިލަ ސާބިތުކުރުމަށް އެޅި ފިޔަވަޅެކެވެ. ޕައިންޑްރާމާގެ ކާމިޔާބީ ބިނާވެފައިވަނީ ކޮންމެ މިނެޓަކުން ވެސް ބެލުންތެރިން ހިފަހައްޓާލެވޭ ފަދަ މޮޅު ކޮންޓެންޓް އުފެއްދުމުގެ މައްޗަށެވެ.

މުނިފޫހިފިލުވުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހެނދުނު ހޭލުމަކީ ނުހަނު ބޭނުންތެރި ކަމެއް: ކެންޑަލް ޖެނާ

ހެނދުނު ހޭލުމަކީ ނުހަނު ބޭނުންތެރި ކަމެއް: ކެންޑަލް

63 ދުވަސް ކުރިން - 23:41

ކަންޔޭ ވެސްޓް "ވައަލެސް ފެސްޓިވަލް" އަށް އެނބުރި އަންނަނީ

ކަންޔޭ ވެސްޓް "ވައަލެސް ފެސްޓިވަލް"އަށް އެނބުރި އަންނަނީ

116 ދުވަސް ކުރިން - 23:31

ލޯބިވެރިޔާއާ ވަކިވުން: މިއީ ދުނިޔޭގެ ނިމުމެއް ނޫން

ލޯބިވެރިޔާއާ ވަކިވުން: މިއީ ދުނިޔޭގެ ނިމުމެއް ނޫން

146 ދުވަސް ކުރިން - 19:04

ޓްރަމްޕްގެ ފާޑުކިޔުންތަކާއެކުވެސް، ބޭޑް ބަނީ ސުޕާ ބޯލްގައި ތާރީހީ ކާމިޔާބީއެއް

ބޭޑް ބަނީގެ ޝޯއާއެކު ސުޕަ ބޯލް ފޯރިގަދަވެއްޖެ

166 ދުވަސް ކުރިން - 23:12

ޑޮލަރުގެ މުއާމަލާތްތަކެއްގައި މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުގައި"ހަބޭސް" ގްރޫޕުން އަޔާޒް ވަކިކޮށްފި

"ހަބޭސް" ގްރޫޕުން އަޔާޒް ވަކިކޮށްފި

172 ދުވަސް ކުރިން - 17:55

ނެޓްފްލިކްސްގެ އާ ކޭ-ޑްރާމާ "ނޯ ޓެއިލް ޓު ޓެލް": ކިމް ހްޔޭ-ޔޫން އާއި ލޮމޮންގެ ފުރިހަމަ ފެންޓަސީ ރޮމްކޮމް

"ނޯ ޓެއިލް ޓު ޓެލް" ނެޓްފްލިކްސްއަށް

181 ދުވަސް ކުރިން - 23:33