Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބަރުބަރީ މިސްކިތް ރަމަޟާން މަހުގެ ކުރިން ހުޅުވަނީ

ބަރުބަރީ މިސްކިތް ރަމަޟާން މަހުގެ ކުރިން ހުޅުވަނީ

އައިޝަތު ރުވާ ރިފްޢަތު
226 ދުވަސް ކުރިން - 17 ޖެނުއަރީ 2026 22:23
މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް/ ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް/ ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޚުލާސާ

ތިން ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ އެއްފަހަރާ 1400 މީހުންނަށް ނަމާދުކުރެވޭނެ.

މާލޭގައި އަލަށް ބިނާކުރާ މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ބަރުބަރީ މިސްކިތުގެ މަސައްކަތްތައް ވަރަށް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް މިސްކިތުގެ ހުރިހާ މަސައްކަތްތަކެއް ނިމޭނެ ކަމަށެވެ. އަދި އަމާޒަކީ ރަމަޟާން މަސް ފެށުމުގެ ކުރިން އެ މިސްކިތް ހުޅުވައި، މި އަހަރުގެ ރަމަޟާން މަހުގައި ނަމާދުކުރެވޭނެ ގޮތް ހަމަޖެއްސުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ތިން ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ އެއްފަހަރާ 1400 މީހުންނަށް ނަމާދުކުރެވޭނެ ފަދަ ތަނަވަސް ޖާގައެއް އޮތް މިސްކިތެކެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަމިއްލަ ފަރާތަކާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.

Advertisement

Advertisement 1

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް މިސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން، މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ވަނީ ރޭވިފައެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އާ މިސްކިތްތައް ހުޅުވުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމަކީ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 15 މިސްކިތެއްގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި މަޝްރޫއުތަކަކީ ރައްޔިތުންނަށް ދީނީ އަޅުކަން އަދާކުރުމުގައި ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުރަމަޟާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

23 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

110 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

114 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

121 ދުވަސް ކުރިން - 15:01