Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގައުމީ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް ބޭއްވި އިންޓަވިއުގައި 250 އަށްވުރެ ގިނަ މީހުން

ގައުމީ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް ބޭއްވި އިންޓަވިއުގައި 250 އަށްވުރެ ގިނަ މީހުން

އައިޝަތު ރުވާ ރިފްޢަތު
137 ދުވަސް ކުރިން - 17 ޖެނުއަރީ 2026 22:18
މިއަދު ކުރިއަށް ގެންދިޔަ ޓެކްސީލައިންގެ ވޯކިން-އިންޓަވިއު ތެރެއިން/ ފޮޓޯ: އެމްޓީސީސީ
މިއަދު ކުރިއަށް ގެންދިޔަ ޓެކްސީލައިންގެ ވޯކިން-އިންޓަވިއު ތެރެއިން/ ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ "އޫބާ"އަދި "ގްރޭބް" ފަދަ ޒަމާނީ އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު އިތުބާރު ހިފޭ ހިދުމަތެއް ފޯރުކޮށްދިނުން.

ސަރުކާރުން އަލަށް ތައާރަފުކުރުމަށް ނިންމާފައިވާ ގައުމީ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މިއަދު މާލޭގައި ކުރިއަށްގެންދިޔަ ވޯކް-އިން-އިންޓަވިއަށް ބޮޑު ތަރުހީބެއް ލިބި، 250 އަށްވުރެ ގިނަ މީހުންނާ އިންޓަވިއުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އިރުޝާދުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މި މަޝްރޫއަކީ، މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ހޯދުމުގައި އާންމުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.

މާފަންނު ބަސް ޓާމިނަލުގައި މިއަދު ހެނދުނު 10:00 އިން ފެށިގެން އިރުއޮއްސު 18:00 އަށް ކުރިއަށްދިޔަ މި އިންޓަވިއުތަކުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ޒުވާނުންނާއި ތަޖުރިބާކާރު ޑްރައިވަރުން ވަނީ ހާޒިރުވެފަ އެވެ. އެމްޓީސީސީން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، މިއަދުގެ ފުރުސަތުގައި ޖުމްލަ 269 މީހަކާއި ވަނީ އިންޓަވިއުކޮށްފަ އެވެ.

Advertisement

Advertisement 1

މި ހިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް ވަނީ އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލްޓައިމްކޮށް މަސައްކަތްކުރާނެ 285 ޑްރައިވަރުންނާއި ޕާޓްޓައިމްކޮށް މަސައްކަތްކުރާނެ 122 ޑްރައިވަރުންނެވެ. އެމްޓީސީސީން ބުނި ގޮތުގައި، ޑްރައިވަރުން ހޮވުމުގައި މިހާރުވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިސްކަންދޭނެ އެވެ. މީގެ ބޭނުމަކީ މިހާރުވެސް މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުގެ މި އާ ނިޒާމުގެ ތެރެއިން ރައްކާތެރިކަމާއެކު އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.

މި ހިދުމަތާ ގުޅޭގޮތުން ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ "އޫބާ" އަދި "ގްރޭބް" ފަދަ ޒަމާނީ އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު އިތުބާރު ހިފޭ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ހިދުމަތުގައި ބޭނުންކުރާނީ ތިން ސައިޒެއްގެ ތިމާވެއްޓާ ރައްޓެހި އިލެކްޓްރޯނިކް (އީވީ) ކާރުތަކެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

ހިދުމަތް ފެށުން ލަސްވަމުންދާ ސަބަބާ ގުޅޭގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ މާހައުލަކީ ލޮނުގެ އަސަރު ބޮޑު ތަނަކަށް ވުމުން، އުޅަނދުތައް ގިނަ ދުވަހު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތަށް އުފެއްދުންތެރިން މެދުވެރިކޮށް ބައެއް ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތްތައް ނިމި، އުޅަނދުތައް ތައްޔާރުކުރުމުގެ ފަހުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ސަރުކާރުން ފާހަގަކުރި އެވެ.

ޓެކްސީ ޑްރައިވަރުންޓެކްސީއެމްޓީސީސީޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)މިނިސްޓަރ މުހައްމަދު އަމީން

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

19 ގަޑިއިރު ކުރިން - 17:03

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

1 ދުވަސް ކުރިން - 07:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

2 ދުވަސް ކުރިން - 20:41

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

3 ދުވަސް ކުރިން - 15:02

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާކަން އެމްޓީސީސީން ހަނދުމަކޮށްދީފި

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާ

9 ދުވަސް ކުރިން - 22:02

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ %68 މަސައްކަތް ނިމިއްޖެ

17 ދުވަސް ކުރިން - 15:36