Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބުރުގާ އެޅި މުސްލިމް އަންހެނަކު އިންޑިއާގެ ބޮޑުވަޒީރުކަމަށް؟

ބުރުގާ އެޅި މުސްލިމް އަންހެނަކު އިންޑިއާގެ ބޮޑުވަޒީރުކަމަށް؟

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
193 ދުވަސް ކުރިން - 14 ޖެނުއަރީ 2026 09:49
އަސަދުއްދީން: ބުރުގާއެޅި މުސްލިމް އަންހެނަކު ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅު
އަސަދުއްދީން: ބުރުގާއެޅި މުސްލިމް އަންހެނަކު ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅު
ޚުލާސާ

އިންޑިއާގެ ގާނޫނުއަސާސީން އިންޑިއާގެ ކޮންމެ ރައްޔިތަކަށް ވެސް ބޮޑުވަޒީރު، ޗީފް މިނިސްޓަރު ނުވަތަ މޭޔަރަކަށް ވުމުގެ ހައްގު ލިބިގެންވޭ

ބުރުގާ އަޅައިގެން ހުރި އަންހެން ދަރިއަކު ކޮންމެވެސް އެއްދުވަހަކުން އިންޑިއާގެ ބޮޑުވަޒީރުކަން ކުރާނޭކަމުގެ ހުވަފެން ދެކެވަޑައިގަންނަވާކަމަށް އިންޑިއާގެ މަޝްހޫރު ދީނީ އަދި ސިޔާސީ ލީޑަރެއްކަމުގައިވާ އަސަދުއްދީން އޮވައިސީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މުސްލިމުންގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ކަމަށްވާ އޯލްއިންޑިއާ މަޖިލިސް އިއްތިޙާދުލް މުސްލިމީންގެ ވެރިޔާ އަސަދުއްދީން ބުރުގާ އެޅި އަންހެނަކު އިންޑިއާގެ ބޮޑުވަޒީރަކަށް ވާތަން ދެކެން ބޭނުންކަމަށް ވިދާޅުވުމުން ހިންދޫންގެ ވަރަށް ގިނަ ބަޔަކު ދަނީ އެ ވާހަކައަށް ފާޑުކިޔަމުންނެވެ.

މަހާރާޝްތުރާގެ ރަށެއް ކަމަށްވާ ސޯލާޕޫރު ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަސަދުއްދީން ވިދާޅުވީ އިންޑިއާގެ ފުރަތަމަ ލޯ މިނިސްޓަރު ބާބާސާހެބް އަމްބެޑްކާރު ލިއުއްވި ގާނޫނުއަސާސީގައި އިންޑިއާގެ ކޮންމެ ރައްޔިތަކަށް ވެސް ބޮޑުވަޒީރު، ޗީފް މިނިސްޓަރު ނުވަތަ މޭޔަރަކަށް ވުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

Advertisement

Advertisement 1

އަސަދުއްދީންގެ ބަޔާނާ ގުޅިގެން ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ ހަލަބޮލިވެ، އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށާފަ އެވެ.

އަސަދުއްދީންގެ ވާހަކައަށް ޖަވާބު ދެމުން ބީޖޭޕީން ބުނީ އަސަދުއްދީން ފުރަތަމަ އޭނާގެ ޕާޓީގެ ރައީސަކަށް ހަދަން ޖެހޭނީ ބުރުގާއެޅި މުސްލިމް އަންހެނެއް ކަމަށެވެ.

ބީޖޭޕީން ބުނީ ގާނޫނުއަސާސީން އެއްވެސް އަންހެނަކު ބޮޑުވަޒީރަކަށްވުން ހުއްޓުވާފައި ނުވި ނަމަވެސް އަސަދުއްދީން އަމަލީ މިސާލެއް ދައްކަވަން ޖެހޭ ކަމަށެވެ.

އަނެއްކޮޅުން އާސާމްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާ ވިދާޅުވީ ގާނޫނު އަސާސީގައި އެއްވެސް ހުރަހެއް ނެތް ނަމަވެސް، އިންޑިއާއަކީ ހިންދޫ ތަހުޒީބުގެ ގައުމެއް ކަމަށާއި ބޮޑުވަޒީރަކީ ހިންދޫއަކަށް ވާންޖެހޭނެ ކަމަށެވެ.

ހައްދުފަހަނަޅާފައިވާ ހިންދޫންގެ ޖަމާއަތެއްކަމުގައިވާ ޝިވްސޭނާގެ އިސްބޭފުޅެއްކަމުގައިވާ ޝައިނާ އެންސީ ވިދާޅުވީ ބޮޑުވަޒީރުގެ މަގާމު މިވަގުތު ހުހަށް ނެތްކަމަށާއި ލީޑަޝިޕްގެ މިންގަނޑަކީ ދީން ނޫން ކަމަށާއި ގާބިލުކަން ކަމަށެވެ.

މުސްލިމުންނާ ދެކޮޅުވެރިވެ ނަފުރަތު އުފައްދާ މީހުންނަށް އަސަދުއްދީން ފާޑުވިދާޅުވެ، ނަފްރަތު ދިގުދެމިގެން ނުދާނެ ކަމަށާއި ކޮންމެވެސް ދުވަހަކުން ލޯތްބަށް ކުރިއެރުން ލިބޭނޭކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާގެ އާބާދީގައި މި ވަގުތު ގިނައީ ހިންދޫންކަމަށް ވިޔަސް، އިންޑިއާގައި މުސްލިމުންގެ އާބާދީ ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ބޭރު ދުނިޔެއިންޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

19 ގަޑިއިރު ކުރިން - 16:38

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

1 ދުވަސް ކުރިން - 16:07

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

3 ދުވަސް ކުރިން - 13:43

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

36 ދުވަސް ކުރިން - 19:04

އިންޑިއާއިން ރާއްޖެއަށް ހިމަބިއްސާއި ރުބެއްލާ ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

42 ދުވަސް ކުރިން - 13:15

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

45 ދުވަސް ކުރިން - 12:43