Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރެއާލް ބަލިކޮށް ބާސާ އިން އަނެއްކާވެސް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި

ރެއާލް ބަލިކޮށް ބާސާ އިން އަނެއްކާވެސް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި

މުހައްމަދު ޖަމްޝަތު
149 ދުވަސް ކުރިން - 12 ޖެނުއަރީ 2026 12:09
ބާސާއިން ސުޕަ ކަޕް އުފުލައިލަނީ--- ފޮޓޯ:ރޮއިޓާސް
ބާސާއިން ސުޕަ ކަޕް އުފުލައިލަނީ--- ފޮޓޯ:ރޮއިޓާސް
ޚުލާސާ

މިދިޔަ އަހަރުގެ ސުޕަ ކަޕް ބާސާއިން އުފުލާލީ 5-2 ގެ ނަތީޖާއަކުން ރެއާލް ބަލިކޮށްގެން.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލް މެޗުގައި ރެއާލް މެޑްރިޑްގެ މައްޗަށް ކުރިހޯދައި، ބާސެލޯނާއިން ވިދިވިދިގެން ދެވަނަ ފަހަރަށް އެ މުބާރާތުގެ ތަށި ކާމިޔާބުކޮށްފި އެވެ.

މިއީ ބާސެލޯނާއިން ސުޕަ ކަޕްގެ ތަށި އުފުލާލި 16 ވަނަ ފަހަރެވެ. ރޭގެ ފޯރިގަދަ ކުރިމަތިލުން ބާސާއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައިވެސް މި ދެ ޓީމު ބައްދަލުކޮށް ބާސާ މޮޅުވީ 5-2 އިން ނަމަވެސް، މި ފަހަރުގެ މެޗު ފެނިގެންދިޔައީ މާ ވާދަވެރިކޮށެވެ.

ކިންގް އަބްދުﷲ ސްޕޯޓް ސިޓީގެ އަލިންމަ ބޭންކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލީޑް ނެގީ ބާސާ އިންނެވެ. އެއީ މެޗުގެ 36 ވަނަ މިނިޓުގައި ރަފީނިއާ ޖެހި ލަނޑަކުންނެވެ. އޭގެ ފަހުން ލަމީން ޔަމާލް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ.

Advertisement

Advertisement 1

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވިނީޝިއުސް ޖޫނިއާ ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ރޮބަޓް ލެވަންޑޯސްކީ ވަނީ އަލުން ބާސެލޯނާއަށް ކުރިހޯދައިދީފަ އެވެ. އެހެންނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޮންޒާލޯ ގާސިއާ ވަނީ ރެއާލަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުން ބާސެލޯނާ މޮޅުވި ލަނޑު 73 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. މިއީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑެވެ.

މެޗުގެ ފަހުކޮޅު ނަތީޖާ ހަމަހަމަކުރަން ރެއާލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. ބާސެލޯނާއިން މެޗު ނިންމާލީ އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ފްރެންކީ ޑި ޔޯންއަށް ދެއްކި ރަތް ކާޑާއެކު އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ފުޓްބޯޅަ
Ad
Ad

ގުޅޭ ޚަބަރުތައް

ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

"ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ އަމާޒު"

16 ދުވަސް ކުރިން - 13:35

ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނަން: ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަން

ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނަން

129 ދުވަސް ކުރިން - 19:20

ރޮނާލްޑޯގެ 10 އަހަރުވީ ރެކޯޑެއް އެމްބާޕޭ މުގުރާލައިފި

ރޮނާލްޑޯގެ 10 އަހަރުވީ ރެކޯޑެއް އެމްބާޕޭ މުގުރާލައިފި

130 ދުވަސް ކުރިން - 12:52

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

130 ދުވަސް ކުރިން - 10:22

ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް ބަދަލުކުރަނީ

ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް

141 ދުވަސް ކުރިން - 23:17

2025 ގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެތްލީޓަކީ ރޮނާލްޑޯ!

މިދިޔަ އަހަރު ރޮނާލްޑޯ އަށް 260މިލިއަންގެ އާމްދަނީއެއް!

143 ދުވަސް ކުރިން - 21:57

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%