Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓެކްސީ ޑްރައިވަރުންގެ ވަޒީފާގެ އިންޓަވިއު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

ޓެކްސީ ޑްރައިވަރުންގެ ވަޒީފާގެ އިންޓަވިއު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

އައިޝަތު ރުވާ ރިފްޢަތު
237 ދުވަސް ކުރިން - 11 ޖެނުއަރީ 2026 22:36
މާލެގެ ބޭރުމަގުގައި ޓެކްސީ އެއް ދަތުރުކުރަނީ---ފޮޓޯ: ޚުލާސާ
މާލެގެ ބޭރުމަގުގައި ޓެކްސީ އެއް ދަތުރުކުރަނީ---ފޮޓޯ: ޚުލާސާ
ޚުލާސާ

މި ހިދުމަތަށް މުޅި ޖުމްލަ 407 ޑްރައިވަރުން ވަޒީފާ އަށް ނަގާނެ އެވެ. އެއީ ފުލްޓައިމް 285 މީހަކާއި ޕާޓްޓައިމް 112 މީހުން.

ސަރުކާރުން ފަށަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް ޑްރައިވަރުން ވަޒީފާ އަށް މީހުން ނެގުމަށްޓަކައި ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެ އިންޓަވިއު ކުރުން އަންނަ ހޮނިހިރު ދުވަހަށް ތާވަލުކޮށްފި އެވެ.

ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން ހުޅުވާލީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަސްތެރޭގަ އެވެ. ޓެކްސީ ޑްރައިވަރުން ނެގުމުގައި މި ދަފްތަރުގައި ތިއްބެވި ފަރާތްތަކަށް އިސްކަންދޭނެ އެވެ.

ޓެކްސީ ދަފްތަރެއް އެކުވާލުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. މީގެ މައިގަނޑު މަގްސަދަކީ ސަރުކާރުން ހުޅުވާލާ ސޯޝަލް ހައުސިން ފުރުސަތުތަކާއި އަދި އެހެނިހެން ފުރުސަތުތައް ވެސް އެ ފަރާތްތަކަށް ފަހިވާނެ ގޮތަކަށް ހެދުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި މީގެ ޓެކްސީ ހިދުމަތުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށް ސަރުކާރުން މައުލޫމާތު ދެ އެވެ.

Advertisement

Advertisement 1

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ފަރާތްތަކުގެ އިންޓަވިއުއަކީ ވޯކިން އިންޓަވިއުތަކެކެވެ. މި އިންޓަވިއު ކުރިއަށްގެންދާނީ ޓެކްސީ ހިދުމަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީ އިންނެވެ. މި އިންޓަވިއު އޮންނާނީ މާފަންނު ބަސް ޓާމިނަލުގަ ހެނދުނު 10:00 ގައެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ މިދިޔަ އަހަރު ޓެކްސީ ލައިންގެ ހިދުމަތް ފައްޓަވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެ މަސައްކަތް މިހާރު ވަނީ ފަސްކުރެވިފަ އެވެ. މި ހިދުމަތް އަންނަ ފެބްރުއަރީ މަސްތެރޭ ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި ހިދުމަތަށް މުޅި ޖުމްލަ 407 ޑްރައިވަރުން ވަޒީފާ އަށް ނަގާނެ އެވެ. އެއީ ފުލްޓައިމް 285 މީހަކާއި ޕާޓްޓައިމް 112 މީހުންނެވެ.

ޓެކްސީޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)އެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް: އޭބީސީ ފަށަލަ އަޅަން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭބީސީ ފަށަލަ އަޅަން ފަށައިފި

5 ދުވަސް ކުރިން - 18:45

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

9 ދުވަސް ކުރިން - 14:03

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީ އިން 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

10 ދުވަސް ކުރިން - 16:19

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

12 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

13 ދުވަސް ކުރިން - 18:22

އެމްޓީސީސީން 800 މަޝްރޫއު އެބަ ހިންގާ، މިވަގުތު ތިބީ ދާއިމީ އެންމެ 2500 މުވައްޒަފުން

އެމްޓީސީސީން 800 މަޝްރޫއު، އަދި ތިބީ 2500 ދާއިމީ މުވައްޒަފުން: އެމްޓީސީސީ

16 ދުވަސް ކުރިން - 11:11