Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބިދޭސީން ދަތުރުކުރުމުގެ ކުރިން އީ-ވިސާގެ މުއްދަތު ކަށަވަރުކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފި

ބިދޭސީން ދަތުރުކުރުމުގެ ކުރިން އީ-ވިސާގެ މުއްދަތު ކަށަވަރުކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
236 ދުވަސް ކުރިން - 11 ޖެނުއަރީ 2026 21:58
ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

އަލަށް ވަޒީފާއަށް އަންނަ ބިދޭސީންނަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ލިބޭނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮނަންވާނެ

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ކުރިންނާއި، އެނބުރި ރާއްޖެ އައުމުގެ ކުރިން މުއްދަތު ހަމަނުވާ "އީ-ވިސާ" އެއް އޮތްކަން ކަށަވަރުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންގައިފި އެވެ.

ރާއްޖެއިން އީ-ވިސާގެ ހިދުމަތް ފުރަތަމަ ތައާރަފްކޮށް މި ހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އިމިގްރޭޝަނުން ބުނީ، ބިދޭސީންނަށް ދޫކުރާ ވިސާގެ ހިދުމަތްތައް އޮންލައިންކޮށް އީ-ވިސާ ތައާރަފްކުރުމާ ގުޅިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު 23 އިން ފެށިގެން ވިސާ ދޫކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އައު އުސޫލުގެ ދަށުން ވޯކް ޕާމިޓް އޮންނަ ބިދޭސީއެއްގެ ޕާސްޕޯޓުގައި މުއްދަތު ހަމަނުވާ ވޯކް ވިސާ ސްޓިކާއެއް އޮތް ނަމަވެސް ރާއްޖެއިން ފުރުމާއި އެތެރެވުމުގެ ހުއްދަ ދެވޭނީ ސައްހަ އީ-ވިސާއެއް އޮވެގެންނެވެ. އަދި އަލަށް ވަޒީފާއަށް އަންނަ ބިދޭސީންނަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ލިބޭނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮނަންވާނެކަމަށް އިމިގްރޭޝަނުން ފާހަގަކުރި އެވެ.

Advertisement

Advertisement 1

އިމިގްރޭޝަނުން އިތުރަށް ބުނީ، ސިސްޓަމްގެ ތެރެއިން އޮޓަމެޓިކުން އީ-ވިސާއަށް ބަދަލުވާއިރު އެ ވިސާގެ މުއްދަތު އޮތްތޯ ބެލުމަކީ އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީވެފައިވާ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށެވެ. ވޯކް ވިސާ ސްޓިކާގައި މުއްދަތު އޮތަސް، އީ-ވިސާގެ މުއްދަތު ހަމަވެފައިވާނަމަ ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިވާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެގޮތުން، ބިދޭސީންގެ އީ-ވިސާގެ ސައްހަކަން އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓް www.immigration.gov.mv/visa/status މެދުވެރިކޮށް މިހާރު ކަށަވަރު ކުރެވޭނެކަމަށާއި ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކުރިން މިކަންކަން ޗެކްކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިމިގްރޭޝަން
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

56 ދުވަސް ކުރިން - 20:13

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

56 ދުވަސް ކުރިން - 19:37

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

59 ދުވަސް ކުރިން - 18:08

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

87 ދުވަސް ކުރިން - 18:19

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

122 ދުވަސް ކުރިން - 22:22

"އަދަދު" ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އަދަދު"ގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

130 ދުވަސް ކުރިން - 13:57

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%