ސްޓެލްކޯގެ އެމްޑީގެ މަގާމުން ޝަމާހު ވަކިކޮށްފި

މުހައްމަދު ޖަމްޝަތު | 5 ދުވަސް ކުރިން - 11 ޖެނުއަރީ 2026 16:42
ޝަމާހް. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މިއަދު ވަކި ކޮށްފަ---
ޝަމާހް. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މިއަދު ވަކި ކޮށްފަ---
ޚުލާސާ

ސްޓެލްކޯ އެމްޑީގ މަގާމުގައި ޝަމާހް ހޭދަވީ 4 މަސް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން އަހުމަދު ޝަމާހް ރަޝީދު ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަންއިން ވަނީ ޝަމާހް މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދީފަ އެވެ. އޭނާ ވަކިވެ. ކުރީ މިއަދު އެވެ. ނަމަވެސް ވަކިކުރި ސަބަބެއް ޕީސީބީން ނުބުނެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަމާހް އައްޔަނުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެހެންކަމުން އޭނާ މަގާމުގައި ހޭދަވެފައިވަނީ 4 މަހެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަމާހް އައްޔަނުކުރީ ކުރިން އެމަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށްފަހުގަ އެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ޝަމާހް ވަނީ މިފްކޯގެ ސީއީއޯގެ މަގާމުވެސް އަދާކޮށްފައެވެ. 2024 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި އޭނާ މަގާމުން ވަކިކުރިއިރު އޭނާ ވަނީ އޭގެ ކުރިން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%