Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖިންސީ ކޮންޓެންޓްގެ ކަންބޮޑުވުންތަކާ ގުޅިގެން އިންޑޮނޭޝިއާ އިން ގްރޮކް އޭއައި ވަގުތީ ގޮތުން މަނާކޮށްފި

ޖިންސީ ކޮންޓެންޓްގެ ކަންބޮޑުވުންތަކާ ގުޅިގެން އިންޑޮނޭޝިއާ އިން ގްރޮކް އޭއައި ވަގުތީ ގޮތުން މަނާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
241 ދުވަސް ކުރިން - 10 ޖެނުއަރީ 2026 21:17
ގްރޮކް އޭއައި - ގިނަ ބައެއް ދަނީ މި ބޮޓްގެ ހިދުމަތް ނަހަމަގޮތުގައި ބޭނުންކުރަމުން.
ގްރޮކް އޭއައި - ގިނަ ބައެއް ދަނީ މި ބޮޓްގެ ހިދުމަތް ނަހަމަގޮތުގައި ބޭނުންކުރަމުން.
ޚުލާސާ

އޮންލައިން އަދި ޑިޖިޓަލް ކޮންޓެންޓާ ބެހޭގޮތުން އިންޑޮނޭޝިއާގައި ހަރުކަށި ގާނޫނުތަކެއް ހަދާފައިވާއިރު މީގެ ކުރިންވެސް އިންޑޮނޭޝިއާއިން ވަނީ ބައެއް ޕްލެޓްފޯމްތަކާ މެދު މިފަދަ ފިޔަވަޅުތައް އަޅާފައި.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އާއި ގުޅިފައިވާ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓެއް ކަމަށްވާ ގްރޮކް އަށް ވަނުން ވަގުތީ ގޮތުން އިންޑޮނޭޝިއާއިން މަނާކޮށްފި އެވެ. 

އެގައުމުގެ ސަރުކާރުން ބުނީ އެ ނިންމުން ނިންމީ އޭއައިގެ ބޭނުން ނަހަމަގޮތުގައި ހިފައި ޖިންސީ ކޮންޓެންޓް އުފައްދާފާނެ ކަމުގެ ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށާއި އޭގެ ތެރޭގައި ފާޅުކަން ބޮޑު ތަސްވީރާއި މީހެއްގެ ރުހުމެއް ނެތި އުފައްދާފައިވާ ޑީޕްފޭކް މެޓީރިއަލް ހިމެނޭ ކަމަށެވެ.

އޮފިޝަލުން ހާމަކުރާ ގޮތުގައި މިގޮތަށް ނިންމީ އާއްމު ރައްޔިތުން، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ. ގްރޮކް ފަދަ އެއައި ޓޫލްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ފޭކް އިމޭޖް، ޑީޕްފޭކް ނުވަތަ އަނެކާއަށް ގެއްލުން ލިބިދާނެފަދަ ތަކެތި އުފެއްދިދާނެތީ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވެ އެވެ.

Advertisement

Advertisement 1

އިންޑަނޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް ޑިޖިޓަލް އެފެއާޒުން ބުނީ ގްރޮކް މަނާކުރުމަކީ ވަގުތީ ކަމެއް ކަމަށާއި އެއީ ދާއިމީ ކަމެއް ނޫން ކަމަށެވެ. ސަރުކާރުގެ މަންދޫބުން ރާވާފައި ވަނީ އެކްސް އާއި ގްރޮކްގެ ފަހަތުގައިވާ ކުންފުންޏާ އެކު މަޝްވަރާކޮށް ސޭފްޓީ ކޮންޓްރޯލްތައް ހަރުދަނާކޮށް ކޮންޓެންޓް މޮޑެރޭޝަންއާ ބެހޭ ގޮތުން ސާފު އުސޫލުތަކެއް އެކުލަވާލުމަށް އެދުމެވެ.

އޮންލައިން އަދި ޑިޖިޓަލް ކޮންޓެންޓާ ބެހޭ ގޮތުން އިންޑޮނޭޝިއާގައި ހަރުކަށި ގާނޫނުތަކެއް ހަދާފައިވާއިރު މީގެ ކުރިން ވެސް އިންޑޮނޭޝިއާ އިން ވަނީ ބައެއް ޕްލެޓްފޯމްތަކާ މެދު މިފަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރަމުންދާ ގޮތާއި، އެ އިންޓެލިޖެންސް ރައްޔިތުން ބޭނުން ކުރަމުންދާ ގޮތް އެގައުމުގެ ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

ގްރޮކް ފަދަ އޭއައި އެޕްލިކޭޝަން ނުވަތަ ސައިޓުތައް ބޭނުންކޮށްގެން މީހުންގެ އަބުރު ހުތުރުވާ ގޮތަށް ފޮޓޯ/ވީޑިއޯ ހަދަމުންދާތީ އެކަމުގެ ނުރުހުން ވަރަށް ގިނަ ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.

އިންޑޮނޭޝިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑޮނޭޝިއާގެ މާރުކޭޓެއްގައި ރޯވެ 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ!

އިންޑޮނޭޝިއާގެ މާރުކޭޓެއްގައި ރޯވެ 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ!

1 ދުވަސް ކުރިން - 20:12

އިންޑޮނޭޝިއާގެ އަލިފާންފަރުބަދައެއް ގޮވައި 6 އެއާޕޯޓެއް ބަންދުކޮށް، 1.5 ލައްކަ ފަސިންޖަރުން ތާށިވެއްޖެ

އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވައި، 1.5 ލައްކަ ފަސިންޖަރުން ތާށިވެއްޖެ

3 ދުވަސް ކުރިން - 16:20

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެ، ފެތުރެމުންދާ ވަރުގަދަ ދުމުގެ އަސަރު މެލޭޝިއާއާއި ފިލިޕީންސަށް

އިންޑޮނޭޝިއާ އަލިފާނުގެ އަސަރު މެލޭޝިއާއާއި ފިލިޕީންސަށް

6 ދުވަސް ކުރިން - 12:45

އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމަށްފަހު 230 ލޮޅުން

އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމަށްފަހު 230 ލޮޅުން

24 ދުވަސް ކުރިން - 10:03

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

24 ދުވަސް ކުރިން - 23:48

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 38 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 38 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

24 ދުވަސް ކުރިން - 19:32