Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވިޔަފާރިތަކުގެ ކަންބޮޑުވުން ހިއްސާކުރުމަށް ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާނަން: ސައީދު

ވިޔަފާރިތަކުގެ ކަންބޮޑުވުން ހިއްސާކުރުމަށް ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާނަން: ސައީދު

މުހައްމަދު ޖަމްޝަތު
192 ދުވަސް ކުރިން - 10 ޖެނުއަރީ 2026 20:46
މިނިސްޓަރު ސައީދު، އޮތެންޓިކް މޯލްޑިވްސްގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި ވާހަކަދައްކަވަނީ----ފޮޓޯ: ބީސީސީ
މިނިސްޓަރު ސައީދު، އޮތެންޓިކް މޯލްޑިވްސްގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި ވާހަކަދައްކަވަނީ----ފޮޓޯ: ބީސީސީ
ޚުލާސާ

ވިޔަފާރިވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭ ގަވާއިދުން ބައްދަލުވުންތައް ބާއްވައި ހިޔާލު ހޯދައިގެން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި

ވިޔަފާރިތަކަށް ދެވޭ ހިދުމަތްތައް ހަރުދަނާ ކުރެވޭނީ ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި، ކުރިމަތިވާ މައްސަލަތައް ދެނެގަނެވިގެން ކަމަށާއި އެހެންކަމުން ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުން ގެންދަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އޮތެންޓިކް މޯލްޑިވްސްގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުމަށް، ވިޔަފާރިތަކުގެ އަޑުއެހުމަށް ސިލްސިލާ ޑައިލޮގް ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުން މުހިންމު ކަމަށެވެ. އަދި ވިޔަފާރިތަކަށް ދެވޭ ހިދުމަތްތައް ހަރުދަނާ ކުރެވޭނީ ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި، ކުރިމަތިވާ މައްސަލަތައް ދެނެގަނެވިގެން ކަމަށާއި އެކަން ކުރެވޭނީ ގަވާއިދުން ބައްދަލުވުންތައް ބާއްވައި ހިޔާލު ހޯދައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން 2026ވަނަ އަހަރާއި 2027ވަނަ އަހަރު، ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާއެކު، ކުދި ވިޔަފާރިތަކާއެކު ބައްދަލުވުންތަކެއް ބާއްވަމުން ގެންދަވާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

Advertisement

Advertisement 1

ވިޔަފާރިތަކަށް ފަހި ފުރުސަތުތައް ފަހިކޮށްދިނުމަށް މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފަ އެވެ.

ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑު އަހައި އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޑިސެމްބަރު މަހު ދިވެހި ވިޔަފާރިވެރިންނާއެކު ދިގު ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ހިއްސާކުރި ކަންބޮޑުވުންތަކާއެކު ރައީސް ވަނީ އެމްއޭސީއެލްގައި ކަސްޓަމްސް އިން މުދާ ކްލިއާ ކުރުން 24 ގަޑިއިރަށް ބަދަލުކޮށް ކްލިއާކުރަން ދޭ މުއްދަތުވެސް އިތުރުކޮށްދެއްވާފަ އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްމިނިސްޓަރު މުހައްމަދު ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: މިނިސްޓަރު ސައީދު

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: ސައީދު

8 ދުވަސް ކުރިން - 21:20

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

11 ދުވަސް ކުރިން - 16:25

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

20 ދުވަސް ކުރިން - 12:10

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

35 ދުވަސް ކުރިން - 14:32

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

36 ދުވަސް ކުރިން - 11:57

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

36 ދުވަސް ކުރިން - 11:48