Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގްރީންލޭންޑް ނަގާނެ ކަމަށް ބުނެ އެމެރިކާއިން ޗައިނާ އާއި ރަޝިޔާއަށް އިންޒާރު ދީފި

ގްރީންލޭންޑް ނަގާނެ ކަމަށް ބުނެ އެމެރިކާއިން ޗައިނާ އާއި ރަޝިޔާއަށް އިންޒާރު ދީފި

ޢަބްދުﷲ ޖުނައިދު
242 ދުވަސް ކުރިން - 10 ޖެނުއަރީ 2026 12:45
ޓްރަމްޕުގެ އިންޒާރު ރަޝިޔާއާއި ޗައިނާއަށް! ގްރީންލޭންޑް ނަގާނަން!
ޓްރަމްޕުގެ އިންޒާރު ރަޝިޔާއާއި ޗައިނާއަށް! ގްރީންލޭންޑް ނަގާނަން!
ޚުލާސާ

ޓްރަމްޕް ވިދާޅުވީ ރަޝިޔާގެ ނުވަތަ ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ގްރީންލޭންޑް ވެއްޓިދާނެ ކަމަށާއި އޭގެކުރިން އެމެރިކާއިން ރީތި ގޮތަށް ނުވަތަ ހުތުރުކޮށް ވިޔަސް އެތަން ނަގާނެ ކަމަށް

ވޮޝިންޓަނުން ފިޔަވަޅެއް ނާޅައިފިނަމަ ގްރީންލޭންޑް ރަޝިޔާގެ ނުވަތަ ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ވެއްޓިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ، ވައިޓް ހައުސްގައި ތެލާއި ގޭސް އުފައްދާ ކުންފުނިތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

"އަހަރެމެން މިއުޅެނީ ގްރީންލޭންޑަށް ކަމެއް ކުރަން، އެމީހުންނަށް ކަމުދިޔަޔަސް ނުދިޔަޔަސް،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ އަކީ "ޑެންމާކުގެ ފޭނެއް" ކަމަށާއި ނަމަވެސް ގްރީންލޭންޑުގެ ސަރުކާރާ އެކު "ޑީލް ހަދަން ބޭނުންވާ" ކަމަށް ފާހަގަކުރެއްވިއެވެ. ރީތި ގޮތުގައި ވިޔަސް ނުވަތަ ހުތުރު ގޮތުގައި ވިޔަސް އެކަން ކުރަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

Advertisement

Advertisement 1

ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު ވެނެޒުއެލާގައި ރައީސް ނިކޮލަސް މަޑޫރޯ އަތުލައިގަތް އަސްކަރީ އޮޕަރޭޝަނަށް ފަހު، އެމެރިކާގެ ރައީސް ވަނީ އެމެރިކާގެ ސަލާމަތަށްޓަކައި، އެމެރިކާގެ ދަށަށް ގްރީންލޭންޑް ގެންނަން ބޭނުންވާކަން ތަކުރާރުކޮށްފައެވެ.

ގްރީންލޭންޑުގައި ނޭޓޯގެ ސިފައިން އިތުރުކުރުމަށް ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލަފް ޝޯލްޒް މިދިޔަ އަހަރު ގޮވައިލެއްވިކަން ވެސް ފާހަގަ ކުރެވެއެވެ. އޭނާ އެގޮތަށް ގޮވައިލެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް ގަތުމަށް 2019 ވަނަ އަހަރު ހުށަހެޅުއްވި ހުށަހެޅުމާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުންނެވެ. އޭރު ޑެންމާކުން ވަނީ ގްރީންލޭންޑަކީ ވިއްކާ ތަނެއް ނޫން ކަމަށް ބުނެ ދެކޮޅު ހަދާފައެވެ.

އަދި ހުސްވި ހަފްތާގައި ޑެންމާކުން ބުނެފައިވަނީ ގްރީންލޭންޑު އަތުލަން ބަޔަކު އުޅޭ ނަމަ އެ ބަޔަކާއި ދެކޮޅަށް ޙަމަލާ ދޭނެ ކަމަށެވެ. އެ ބަޔަކާއި އެކު ވާހަކަ ދައްކާނީ ވެސް އޭގެ ފަހުން ކަމަށް ޑެންމާކުން އިންޒާރު ދިނެވެ. މިއީ ޑެންމާކުން އެމެރިކާ އަށް ދިން ނުސީދާ އިންޒާރެކެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގަނޑުފެން ވިރިގެން ދިއުމުގެ ސަބަބުން ގްރީންލޭންޑުގެ ސަރަހައްދުގެ ސަލާމަތާއި ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް އުފެދިފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.

ޑޮނަލްޑް ޓްރަމްޕުއެމެރިކާރަޝިއާޗައިނާގްރީންލޭންޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

3 ގަޑިއިރު ކުރިން - 13:34

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

5 ގަޑިއިރު ކުރިން - 12:02

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ އާ ބުރިޖެއް ހުޅުވައިފި

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ ބުރިޖެއް ހުޅުވައިފި

1 ދުވަސް ކުރިން - 13:24

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

5 ދުވަސް ކުރިން - 10:15

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

6 ދުވަސް ކުރިން - 12:47