އައްޑޫ ސިޓީ ފޭދޫ އިން ގެއްލިގެން ހޯދަމުންދިޔަ ހައްވާ ރާއިދާ މުނީރު، ހަމްދަރުދީ / ސ. ފޭދޫ (19އ) ފެނިފައިވާކަަމަށް ފުލުހުން ބުނެފިއެވެ.
ރާއިދާ ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކުރީ މިއަދު އެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ މިއަދު މެންދުރު ފަހު 14:52 ހާއިރުން ފެށިގެންނެވެ.
ރާއީދާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރި ހިސާބުން ފެށިގެން ކަމާބެހޭ އެންމެހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންވަނީ ފަށާފަ އެވެ.
ފުލުހުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ރާއިދާ މިހާރު ފެނިފައިވާ ކަމަށެވެ. އޭނާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމު ރައްޔިތުންގެ ބަޔަކަށް ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.






