ނޯތު އެޓްލާންޓިކް ކަނޑުން ރަޝިޔާގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހައިޖެކް ކޮށްފިއެވެ. އެމެރިކާގެ ކޯސްޓުގާޑުން މި އުޅަނދު އަތުލައިގަތީ ވެނެޒުއެލާގެ ތެޔޮ ބަރުކޮށްގެން ދަތުރު ކުރަން އުޅޭ ކަމަށް ޝައްކު ވެގެން ކަމަށް ޚަބަރު ލިބެއެވެ.
މި އުޅަނދަކީ އެމެރިކާގެ ސީއައިއޭ އިން މަދޫރޯ ހައްޔަރުކުރުމުގެ މަދުދުވަސްތަކެއް ކުރިން ރަޝިޔާއިން ޙިމާޔަތް ދިން އުޅަނދެކެވެ. އެ ފަހަރު އެމެރިކާއިން މި އުޅަނދުގެ ފަހަތުން ދަތުރުކުރުމުން ރަޝިއާއިން ވަނީ އޭގެ ފަހަތުން ނުދިޔުމަށް އެމެރިކާ އަށް އިންޒާރު ދީފައެވެ. އެއާއި އެކު އެމެރިކާގެ ކޯސްޓުގާޑުން އެ އުޅަނދާއި ދުރަށް ދިޔަކަން ފާހަގަ ކުރެވެއެވެ. އޭރު އެ އުޅަނދު (ބެލާ1) ދަތުރުކުރަމުން ދިޔައީ ވެނެޒުއެލާ އަށެވެ.
https://www.khulaasaa.com/post/12492
މި މައްސަލައިގައި ރަޝިޔާއިން ބުނީ މިއީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާއި ހިލާފު ޢަމަލެއް ކަމަށެވެ.
ބައެއް މަސްދަރުތަކުން ބުނަނީ އެ އުޅަނދުގައި ވެނެޒުއެލާގެ ތެލެއް ނެތް ކަމަށެވެ.






