
ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް
ވެނެޒުއެލާއިން 30-50 މިލިއަން ފީފާގެ ތެޔޮ އެމެރިކާ އަށް ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންނެވުމުން ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް އެކަމަށް ދެކޮޅު ހައްދަވައިފިއެވެ. ވެނެޒުއެލާ އަށް ޓްރަމްޕް އެންގެވީ މާކެޓް ރޭޓުގައި ވެނެޒުއެލާގެ ތެޔޮ އެމެރިކާ މެދުވެރިކޮށް ވިއްކުމަށާއި އަދި ތެޔޮ މެނޭޖް ކުރުމުގެ ކަންކަން އެމެރިކާ އިން ބެލެހެއްޓުމަށެވެ.
ސޯޝަލްމީޑިއާގައި ވެސް ޓްރަމްޕް ވަނީ އެ ޤައުމަށް ތެޔޮ ދިނުމަށް ވެނެޒުއެލާގައި އެދިފައިވާ ކަމަށާއި އަދި ވެނެޒުއެލާއިން އެމެރިކާ އަށް ތެޔޮ ފޮނުވައިދޭނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ވެނެޒުއެލާގެ ޚަބަރުތައް ބުނާ ގޮތުގައި އެ ޤައުމުގެ ވަގުތީ ރައީސް މިކަން ބޮލާލާ ޖެއްސެވީ ބޭރުގެ އެއްވެސް ކޮންޓްރޯލެއް ވެނެޒުއެލާގެ ހަކަތައިގެ ދާއިރާގައި އޮތުމަށް ބޭނުންފުޅު ނުވާތީއެވެ.
ވެނެޒުއެލާގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އެމެރިކާ ސިފައިން ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނަގައިގެން އެމެރިކާ އަށް ގެންގޮސް ޝަރީޢަތް ހިންގުމުގެ އަސްލު ސަބަބަކީ ވެސް ވެނެޒުއެލާގެ ޤުދުރަތީ މުއްސަނދިކަމަށް ނުފޫޒު ފޯރުވުމަށެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ވެނެޒުއެލާގެ ތެޔޮ ކޮންޓްރޯލް ކުރާނީ އެމެރިކާ އިން ކަމަށާއި، ވެނެޒުއެލާގެ ސަރުކާރުން އެމެރިކާ އަށް އެއްބާރުލުން ނުދޭ ނަމަ ވެނެޒުއެލާ އަށް އިތުރު ޙަމަލާތައް ދޭން ޖެހިދާނެ ކަމަށެވެ.






