އިޒްރޭލު ސިފައިންނަށް ސީރިއާގައި އޮފީހެއް ގާއިމްކުރަނީ

ހުސައިން އިސްމާއިލް | 8 ދުވަސް ކުރިން - 7 ޖެނުއަރީ 2026 09:16
ސީރިއާގެ ރައީސް އަހުމަދު އަލް ޝަރާއާ (ކ)ގެ ސަރުކާރުން ނަތަންޔާހޫ (ވ) އާއި ގުޅުން ބަދަހިކޮށް، ޔަހޫދީ ސިފައިންނަށް “ސެކިއުރިޓީ ރޫމެއް”ހަދައިދޭން ނިންމައިފި
ސީރިއާގެ ރައީސް އަހުމަދު އަލް ޝަރާއާ (ކ)ގެ ސަރުކާރުން ނަތަންޔާހޫ (ވ) އާއި ގުޅުން ބަދަހިކޮށް، ޔަހޫދީ ސިފައިންނަށް “ސެކިއުރިޓީ ރޫމެއް”ހަދައިދޭން ނިންމައިފި
ޚުލާސާ

ސީރިއާގައި ހަރަކާތްތެރިވާ އިސްރާއީލަށް ނުރައްކާވާނެ ޖަމާއަތްތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އިސްރާއީލް ސިފައިންނަށް ސީރިއާގައި އޮފީހެއް ޤާއިމްކުރަން ނިންމައިފި

އެމެރިކާގެ އިސްނެގުމާއި އެކު ސީރިއާގެ ދެކުނު ހަމައަކަށް އެޅުވުމަށް ކަމަށް ބުނެ އިސްރާއީލުގެ އަސްކަރިއްޔާ އަށް ކޯޑިނޭޓް ކުރެވޭނެ ޖޮއިންޓް އޮފީހެއް ސީރިއާގައި ޤާއިމް ކުރަން މަސައްކަތް ފަށައިފިއެވެ.

ރައީސް އަހުމަދު އަލް ޝަރާއާ ގާތް ގުޅުން އޮންނަ އޮފިޝަލަކާއި ޙަވާލާދީ އިތުބާރު ކުރެވޭ މަސްދަރަކުން ބުނީ މި އޮފީހަކީ “ސެކިއުރިޓީ ރޫމެއް” ކަމަށާއި އެތަނުގެ މަސައްކަތަކީ ސީރިއާގެ ދެކުނުގައި ޙަރަކާތްތެރިވާ އިސްރާއީލަށް ނުރައްކާ އަތުވެދާނެ މިލިޝިއާތައް ރޫޅާލުމެވެ.

މިއީ ދިގު ޒަމާންތަކެއް ވަންދެން ސީރިއާ ސަރުކާރުން ގެންގުޅުނު އުސޫލު ބަދަލުވެ، އެ ބިމުގައި އިސްރާއީލު ސިފައިންނަށް މިނިވަންކަމާއި އެކު ހަރަކާތްތެރި ވެވޭނެ ފުރުސަތެކެވެ. ސީރިއާ ސަރުކާރުން ބުނަނީ މި ކޯޑިނޭޓް ސެކިއުރިޓި ރޫމުގައި އިސްރާއީލަށް އޮންނަނީ “ލިމިޓެޑް” ބާރުތަކެއް ކަމަށެވެ.

އެ މަސްދަރު އިތުރަށް ހާމަކުރި ގޮތުގައި އިސްރާއީލާއި ސީރިއާ އާއި ދެމެދު ސަލާމަތީ އެއްބަސްވުމެއް ފައިނަލް ކުރުމަށް އިސްރާއީލުން ވަނީ ވޮޝިންޓަނުގައިވެސް އެދިފައެވެ.

އިސްރާއީލުން ބޭނުން ވަނީ ސީރިއާ ސަރުކާރާއި އިދިކޮޅު މިލިޝިއާ ޖަމާޢަތްތަކާއި ދެމެދު ހިނގަމުންދާ ފިތުނަތަކުގެ އިތުރުން ސްވެއިދާގެ ދުރޫޒް ދަރިފަސްކޮޅާއި ގުޅުން ހުރި ހަމަނުޖެހުންތަކުގެ ފައިދާ ނެގުމަށެވެ. ދުރޫޒް ދަރިފަސްކޮޅަކީ ސީރިއާގައި އުޅޭ ޔަހޫދީ ދަރިފަސްކޮޅުގެ ބައެކެވެ.

ސީރިއާގައި އިސްރާއީލު ސިފައިންނަށް އޮފީހެއް ހަދަނީ އެމެރިކާގެ ބްރޯކަރެއްގެ ދަށުން ޕެރިހުގައި އިސްރާއީލާއި ސީރިއާގެ އިސް އޮފިޝަލުންގެ މެދުގައި ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުން އެނގޭ ގޮތުގައި އެމެރިކާގެ ބެލުމުގެ ދަށުން މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ މެދުއިރުމަތީގައި ހާއްސަކޮށް ސީރިއާ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕް ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށެވެ. މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ސީރިއާގެ އިސްތިގުލާލާއި ހަމަޖެހުމަށް އިހުތިރާމްކުރުމާއި އިސްރާއީލުގެ ސަލާމަތަށެވެ.

ޕެރިހުގައި ކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން އިސްރާއީލާއި ސީރިއާއިން ވަނީ ދެ ފަރާތުން ވެސް ޖާސޫސީ މައުލޫމާތު ހިއްސާކުރުމާއި ހަތިޔާރުތައް ނައްތާލުން ފަދަ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ މަރުކަޒެއް ސީރިއާގައި ގާއިމްކުރުމަށް ނިންމާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%