Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހާފިޒުންގެ އަދަދު 291 އަށް! މިއީ ރާއްޖެއަށް ލިބޭ ފަހުރެއް

ހާފިޒުންގެ އަދަދު 291 އަށް! މިއީ ރާއްޖެއަށް ލިބޭ ފަހުރެއް

އައިޝަތު ރުވާ ރިފްޢަތު
237 ދުވަސް ކުރިން - 6 ޖެނުއަރީ 2026 23:19
ހާފިޒުން ދަސްވެނިވުމުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިނާމް ދެއްވަނީ---ފޮޓޯ: ރައީސް އޮފީސް
ހާފިޒުން ދަސްވެނިވުމުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިނާމް ދެއްވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިނިސްޓަރު ވިދާޅުވެފައިވަނީ މިވަގުތު އަމާޒަކީ އަންނަ ރަމަޟާން މަހުގެ ކުރިން އެ އަދަދު 300 އަށް އެރުވުން ކަމަށް.

ރާއްޖޭގައި މިވަގުތު ތިބި ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ވަޓްސްއެޕް ގްރޫޕުގައި މިނިސްޓަރު ޝަހީމް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ހާފިޒުންގެ އަދަދު އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން މިވަގުތު އަމާޒަކީ އަންނަ ރަމަޟާން މަހުގެ ކުރިން އެ އަދަދު 300 އަށް އެރުވުން ކަމަށެވެ.

ރާއްޖޭގައި ހާފިޒުން އިތުރުކުރުމަށްޓަކައި އެކަމަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަނީ ގުރުއާނަށް ލޯބިކުރާ ޖީލެއް އުފެއްދުމުގެ މަގްސަދުގަ އެވެ. ހާފިޒުންގެ އަދަދު އިތުރު ކުރުމަށްޓަކައި އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފަރާތްތަކަށް ހާއްސަ އެލަވަންސެއް ދޭން މީގެ ކުރިން ނިންމާފަ އެވެ. އަދި އެ އެލަވަންސް މިދިޔަ އަހަރު ވަނީ ބޮޑު ކޮށްފަ އެވެ.

Advertisement

Advertisement 1

ނިމިދިޔަ އަހަރު ރާއްޖޭގައި އަލަށް ހާފިޒުން ދަސްވެނިވުމަށް ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރެއްގައިވެސް އެ ހަފްލާ މެދުނުކެނޑި ބޭއްވުމެވެ.

އަންނަ މަހު ފަށާ މި އަހަރުގެ ރަމަޟާން މަހުގެ ކުރިން އިތުރު 30 ހާފިޒުން ދަސްވެނިވާނެ ކަމަށް ވެސް މިނިސްޓަރު މައުލޫމާތު ދެއެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަށް އެރުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު 1500 އަށްވުރެ ގިނަ ފަރާތްތަކުން ގުރުއާން ހިތުދަސްކުރަމުން ގެންދާ ކަމަށާއި މިއީ ތާރީހީ ގޮތުން ފާހަގަކޮށްލެވޭ އަދަދެއް ކަމަށެވެ.

ހާފިޒުންމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

23 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

110 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

114 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

121 ދުވަސް ކުރިން - 15:01