Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާ އަހަރުގެ ހާސަރު؛ ހުވަފެންތަކާއި ހަގީގަތާ ދެމެދު އޮތް ފަރަގު!

އާ އަހަރުގެ ހާސަރު؛ ހުވަފެންތަކާއި ހަގީގަތާ ދެމެދު އޮތް ފަރަގު!

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
240 ދުވަސް ކުރިން - 7 ޖެނުއަރީ 2026 10:29
ޚުލާސާ ގްރެފިކްސް---
ޚުލާސާ ގްރެފިކްސް---
ޚުލާސާ

އިދިކޮޅުން ކިޔާ ފާޑަށްވުރެ ބޯހިޔާވަހިކަމާއި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ގިނަ. ކުރީގެ ލޯނުތަކުގެ ބުރަޔާއެކުވެސް، ތަރައްގީގެ އާ މަޝްރޫއުތައް ފެށިގެން ކުރިއަށްދާކަމީ ލިބޭ އުފަލެއް

މި އަހަރަކީ އަޅުގަނޑުމެންގެ ގިނަ ހުވަފެންތައް ހަގީގަތަކަށްވެ، ގައުމުގެ ޝަހްސިއްޔަތު ވަރުގަދަވެ، ފާގަތި އަހަރަކަށް ވެއްޖެނަމަ ކިތަންމެ ހާ ވެސް ރަނގަޅެވެ. 

ބޭނުން ވަނީ ކޮންމެ ރައްޔިތަކަށް ވެސް އަދި ކޮންމެ ވަގަކަށް ވެސް ފުލުސް ސްޓޭޝަންތަކުގައި އިހުތިރާމް ލިބިގެންދާނެ ގޮތް ވުމެވެ. ބޭނުމީ ފުލުހުން ޗެކްޕޮއިންޓްތަކުގައި ހަމައެކަނި ސައިކަލުގެ ބަދަލުގައި ބޮޑެތި އުޅަނދުތައް ވެސް ހުއްޓުވައި، ގައުމުން ކުފުރުވެރިން މަދުވުމެވެ. މަގުމަތި އަމާން ތަނަކަށް ވުމެވެ.

ބުރުގާއާއި މޫނުބުރުގާ އަޅައި އައުރަ ނިވައިކޮށް އުޅެން އަންހެނުންތަކެއް ބޭނުން ވިޔަސް ބޮލުގެ އިސްތަށިގަނޑު ދަބަރުކުލަޔަށް ބަދަލުކޮށް ބަނޑުފޫޅު ހާމަކޮށް ދައްކަން ބޭނުންވާ އަންހެނުންގެ އެދުމަކީ އިންސާނީ ހައްގޭ ކިޔައި ބަންގާޅު މީހުން މިގައުމަށް އިތުރުކޮށް ގައުމު ފަސާދަ ކުރުމެވެ.

Advertisement

Advertisement 1

ކޮންމެ ގޮތަކަށް ގާނޫނު އޮތަސް ނޫސްވެރިޔާގެ ގަލަމުގައި އޮތީ ޗޭނު ޖަހާފައެއް ނޫނެވެ. މައްސަލައަކީ ނޫސްވެރިޔާއަށް ހެޔޮ ވާހަކަ ލިޔަންޖެހޭ މިންވަރަށް ނުލިޔެވުމެވެ. ލިޔާ ލިއުންތަކުގައި ދޮގާއި ކުށް ހުރުމެވެ.

ނޫސްތަކަށް ސަރުކާރުން ލާރިދޭން ފެށުމުން ބަލައިލިއިރު އެންމެ ގިނަ ލާރި ލިބޭ ލިސްޓުގައި ހިމެނެނީ އެތައް ރިސޯޓެއް ހިންގާ މީހުންގެ މަސްލަހަތަށްޓަކައި ކުރިއަށް ގެންދާ މީޑިއާތަކާއި ހަމައެކަނި ނަމަކަށް ހިންގާ މީޑިއާތަކެވެ. އަޅެ ފަހެ ހައިރާނެއް ނުވޭ ހެއްޔެވެ؟ އުމުރުން 65 އަހަރުވެފައި ތިބި މުއްސަނދި ސައުދާގަރުންނަށް "65"ގެ ފަސް ހާސް ރުފިޔާ ދޭކަށް ނުޖެހެ އެވެ. އެކަން ހުއްޓުވަން އެބަޖެހެ އެވެ.

ރައްޔިތުންގެ ދުލުގައި ގޮށް ޖެހީ ކާކު ހެއްޔެވެ؟

މަޖިލީހުގެ ބައެއް މެންބަރުންނެކޭ އެއްގޮތަށް ކޮންމެ ރައްޔިތަކު ވެސް ދަނީ ކޮންމެވެސް މީހެއްގެ އަބުރަށް އަރައިގަންނަމުންނެވެ. ރައްކާ ނުކުރެވެނީ އަބުރުވެރިޔާގެ އަބުރެވެ.

ގައުމުގައި އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ނުހިނގާކަމަށް ބަޔަކު ނާރުފުއްޕާފައި ބުންޏަސް ލަސްލަހުން ނަމަވެސް އެކަން ކުރިއަށް އެބަދެއެވެ. މަކަރާއި ހީލަތް ހެދި މީހަކު މިދިޔަ އަހަރު 109 އަހަރަށް ޖަލަށް ލާން ހުކުމްކޮށް ހަތް މިލިއަން ރުފިޔާއިން ޖުރިމާނާ ކުރިއެވެ. ފުލެޓުން "ވައްކަން" ކުރި މީހަކު 397 އަހަރަށް ޖަލަށްލާން މި އަހަރު ވަނީ ހުކުމް ކޮށްފަ އެވެ. އަދި މަނީ ލޯންޑްރިންގެ ކުށުގައި 30 މިލިއަން ރުފިޔާއިން ޖުރިމާނާ ކުރުމާއެކު އޭނާގެ ޕެންޓް ހައުސްއެއް ދައުލަތަށް ނެގުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ. އޭގެ އިތުރުން އެހެން މީހަކު ޓެކުމާއި އޮޅުވާލުންފަދަ އެތައް ކަމެއް ކޮށްގެން 150 އަހަރަށްވުރެ ގިނަ ދުވަހަށް ޖަލަށް ލާފައިވެ އެވެ.

ހަމަ އެގޮތަށް ފެނަކަ ކޯޕަރޭޝަންގެ އިސް ބޭފުޅަކު ކޮރަޕްޝަން ހިންގި ކަމުގެ ކުށް ސާބިތުވެގެން ޖަލަށް ކަނޑާލި އެވެ. އޭނާއަށް ތާއިދުކުރާ ޕާޓީގެ ކުދިން ބުނީ އެއީ ސިޔާސީ ހުކުމެއް ކަމަށެވެ. އަދުލު އިންސާފުގެ މީރުކަން ކަމާ ގުޅޭ ދެ މީހުންނަށް ހަމަހަމައަށް ލިބުނު ޒަމާނެއް، ލިބުނު ވެރިކަމެއް އެބައޮތް ހެއްޔެވެ؟

ފުލެޓު ކިތަންމެ ވަރަކަށް ބެހިޔަސް ހައްގުވެރިންނަށާއި ހައްގުނޫން މީހުން، އެތަންތަނަށް ވެއްދެން އޮތީ އިމާރާތްތަކުގައި ކުރަން ހުރި މަސައްކަތްތައް ނިމުމުންނެވެ. ކަނޑުން ގޯތިދިން މީހުންނާއި ބިން ހަވާލު ކުރެވެން އޮތީ ބިން ހިއްކުނު ދުވަހަކުންނެވެ. ބިން ހިއްކުމުގެ މަސައްކަތް ލަސްލަހަށްވުރެ އަވަހަށް މެދުކެނޑުމެއްނެތި ކުރިއަށް އެބަދެ އެވެ.

ރަސްމާލެ ހިއްކައި ގޯތި ދިނުމަށް ނިންމާފައި ވަނީ ބަންގާޅު މީހުންނަކަށް ނޫނެވެ.

ކުރާ ވައުދު ހަގީގަތަކަށް ހެދުމަށްވުރެ ޝަކުވާ ކުރުން މާ ފަސޭހައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، މައުރޫފު ޒާކިރަކީ ވަރަށް އަޑުގަދަ، އަނގަގަދަ ބޭފުޅެކެވެ. އޭނާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ހަފުތާގައި ވިދާޅުވީ، މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ބޭއްވި އެންމެ ގާބުރިއެއް ވެސް ނެތްކަމަށެވެ. އެކަމަކު ބޯހިޔާވަހިކަމަށް ބޭނުން ވެފައި ނެތް މީހުންނަށް ވެސް މި އަހަރު އިވުނު ބޮޑު ހަބަރަކީ ރާއްޖޭގެ ތާރީހުގައި މީގެ ކުރިން ދުވަހަކުވެސް އެއްފަހަރާ ނާޅާހާ ގިނަ ފުލެޓު އަޅަން ބަޔަކާ ހަވާލުކުރި ވާހަކަ އެވެ.

މި އާ އަހަރު އަދި އަންނަ އާ އަހަރާއި ދެން އަންނަ އާ އަހަރު ތަކުގައި ވެސް މި ގައުމުގެ ރައްޔިތުންނާއި ޖަނަވާރުން ބޭނުންވާހައި ކަމެއް ނުކުރެވޭނެ އެވެ. އެންމެ ލެޕްޓޮޕަކުން ގައުމު ނުހިންގޭނެ އެވެ. އަޅުގަނޑު ބޭނުންވީ ކަންތައްތަކުގެ ތެރެއިން އެކަމެއް ނުވި، މިކަމެއް ވެސް ނުވިއޭ ބުނެ ކުރާ ޝަކުވާތަކަށް ނިމުމެއްވެސް ނާންނާނެއެވެ. އަދި މަސްވެރިން ބޭނުންވާހާ އަގެއް، އެމީހުން ބާނާ މަހަކަށް ނުދެވޭނެ އެވެ.

އެތައްސަތޭކަ މިލިއަން ރުފިޔާގެ ބޮޑު ލޯނެއް އިންޑިއާއިން ނަގައިގެން ރަށްރަށުގައި ހަދަން ފެށި މަގުތައް ވެސް ނެހެދި، ނުނިމި ހުއްޓުނެވެ. އަލުން ޖެހެނީ އެ މަސައްކަތާއި އެހެން މަސައްކަތްތައް ވެސް ލޯނު ނަގައިގެން ފަށާށެވެ.

ކުރީގެ ލޯނު ދައްކައި، ކުރީން ފަށައި ކުރިއަށް ނުގެންދެވި ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފަށައި ނިންމުގެ އިތުރަށް ތަރައްގީގެ އާ މަސައްކަތްތައް ފަށައި އިތުރު ތަރައްގީގެ މާމެލާމެލި ފޮޅުވަން މި އަހަރު މަސައްކަތް ކުރަމުންދާތަން އައިނު ނޭޅިޔަސް ފެންނަ މީހުންނަށް އެބަ ފެނެއެވެ. އަދި ފާއިތުވި އަހަރުތަކެކޭ އެއްގޮތަށް، ރައްޔިތުންގެ ތެރޭން ބަޔަކު ނިކުމެ އަބަދުވެސް ވެރިންގެ ބޮލުގައި ދޮގު ތުހުމަތާއި ވަގުބަދުނާމާއި ދޮގު އިލްޒާމު މި އަހަރު ވެސް އަޅުވާނެ އެވެ.

ދިވެހި ގައުމު މިނިވަންކަން މަތީ އަބަދަށް ލަހައްޓަވާށި!

ދިވެހިރާއްޖެއާ އަހަރު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސައުދީއާއި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި، ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ސައުދީއާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

65 ދުވަސް ކުރިން - 22:38

އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީ އެމްއެމްއޭއިން ދައްކައި ހަލާސްކޮށްފި

އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދައްކައިފި

133 ދުވަސް ކުރިން - 22:54

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

145 ދުވަސް ކުރިން - 23:00

އެމެރިކާގެ ދެކޮޅުވެރިކަމާ ގުޅިގެން ޗާގޯސް ރަށްތައް ދޫކޮށްލުމުގެ މަސައްކަތް އިނގިރޭސިވިލާތުން މެދުކަނޑާލައިފި

ޗާގޯސް ރަށްތައް ދޫކޮށްލުމުގެ މަސައްކަތް އިނގިރޭސިވިލާތުން މެދުކަނޑާލައިފި

145 ދުވަސް ކުރިން - 22:34

އީރާނުގެ ސްކޫލަކަށް ހަމަލާދީ 168 އަންހެން ކުދިން ޝަހީދުކޮށްލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

168 ކުދިން ޝަހީދުކޮށްލި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

160 ދުވަސް ކުރިން - 19:04

ފޯޅަވަހި ހޯދަން މަސައްކަތް ކުރާތީ މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލައިފި

ފޯޅަވަހި މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ ގުޅުން

188 ދުވަސް ކުރިން - 00:31