ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރީ އެމެރިކާގައި އޭނާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކަމަށް ރިޕަބްލިކަން ޕާޓީގެ ސެނެޓަރު މައިކް ލީ ވިދާޅުވެއްޖެއެވެ.

⁠އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އާއި ޙަވާލާދެއްވައި އޭނާ ވިދާޅުވީ ވެނެޒުއެލާގެ ރައީސް އާއި ދެކޮޅަށް ⁠އެމެރިކާގައި ޖިނާޢީ ޝަރީއަތެއް ހިންގަވާނެ ކަމަށެވެ. އަދި މަޑޫރޯ މިހާރު ހުންނެވީ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްފައެވެ.