ސްވިޒަލޭންޑްގެ ސްކީ ރިސޯޓް ޓައުން ކްރެންސް-މޮންޓަނާގައި އާ އަހަރު ފާހަގަކުރުމުގެ ތެރޭގައި ރާ ބޯން ތިބި ބާއެއްގައި އަލިފާން ރޯވި ހާސިސާގައި މަރުވި މީހުންގެ އަދަދު 47 އަރައި 112 މީހުން ޒަހަމްވެފައިވާ ކަމަށް އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ ވިދާޅުވެއްޖެއެވެ
މީޑިއާ އާއި ވާހަކަ ދައްކަމުން ތަޖާނީ ވިދާޅުވީ އަނިޔާވި މީހުންގެ ތެރޭގައި އިޓަލީގެ ބައެއް ކުޅުންތެރިން ވެސް ހިމެނޭ ކަމަށާއި އެ މީހުމް މިހާރު މިލާނަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އިޓަލީގެ ހަމީހަކު ގެއްލިފައިވާއިރު 13 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ވެއެވެ.
މަރުވެފައިވާ ބައެއް މީހުންނަކީ ކޮން ބައެއްކަން ދެނެނުގަނެވޭ ވަރަށް ފިހިފައި ވާތީވެ، އެމީހުންގެ އައިޑެންޓިޓީ ދެނެގަތުމަށް ދުވަސްތަކެއް ނަގާފާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
އިއްޔެރޭ ދަންވަރު ބާގައި އަލިފާން ރޯވުމާއި އެކު ވަރަށް ބާރަށް އަލިފާންގަނޑު ފެތުރުނެވެ. ގިނަ މީހުން މަރުވީ ތޮއްޖެހި ފިތި ބާރުވުމުގެ ސަބަބުން އަލިފާނުން ސަލާމަތްވުމަށް ފުރުސަތު ނުލިބުމުން ކަމަށް ހަބަރުތައް ބުނެއެވެ.
މި މައްސަލައިގެ ޖިނާއީ ތަހުގީގެއް މިހާރު ކުރިއަށް އެބަދެއެވެ.






