އާއަހަރު ފާހަގަ ކުރަނިކޮށް އަމްސްޓަޑަމްގެ ޗާޗުގައި ރޯވެއްޖެ

ހުސައިން އިސްމާއިލް | 23 ދުވަސް ކުރިން - 2 ޖެނުއަރީ 2026 09:34
އަމްސްޓަޑަމްގެ ވޮންޑެލްކަރކް ޗާޗުގައި ރޯވެ އަނދަނީ: މިއީ 150 އަހަރުވެފައިވާ ތާރީޚީ ޗާޗެއް
އަމްސްޓަޑަމްގެ ވޮންޑެލްކަރކް ޗާޗުގައި ރޯވެ އަނދަނީ: މިއީ 150 އަހަރުވެފައިވާ ތާރީޚީ ޗާޗެއް
ޚުލާސާ

އަމްސްޓަޑަމްގައި ހުންނަ 150 އަހަރުވީ ވޮންޑެލްކަރކް ޗާޗުގައި އަލިފާން ރޯވީ ހަވާ އެެރުވުމުގެތެރޭގައި ހިނގި ކަމަކުން ކަމަށް ބެލެވޭ

އާ އަހަރުގެ އުފާ ފާޅުކުރުމުގެ ގޮތުން ނެދަރލެންޑްސްގެ އަމްސްޓަޑަމްގައި ބޭއްވި ހަވާ އެރުވުމުގެ ކުޅިވަރުތަކުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، 150 އަހަރު ވެފައިވާ ވޮންޑެލްކަރކް ޗާޗުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އަމްސްޓަޑަމްގެ ވޮންޑެލްކަރކް ޗާޗުގައި ރޯވެ އަނދަނީ: މިއީ 150 އަހަރުވެފައިވާ ތާރީޚީ ޗާޗެއް

ޗާޗުގައި ފުރަތަމަ ރޯވީ ފުރާޅާއި ޓަވަރުގައެވެ. އެ ވަގުތު ޗާޗުގެ ތެރޭގައި އެއްވެސް މީހަކު ނެތް ކަމަށާއި، އެ އިމާރާތަކީ މިހާރު އަޅުކަން ކުރުމަށް ބޭނުންކުރާ ތަނެއް ވެސް ނޫން ކަމަށް ޚަބަރުތައް ބުނެއެވެ.

އޮފިޝަލުންނާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ތާރީޚީ ޗާޗުގައި ރޯވީ އާ އަހަރު ފާހަގަކުރުމުގެ ތެރޭގައި ހަވާ އެރުވުމުގެ ސަބަބުން ކަމަށް އެކަށީގެން ވެއެވެ. ގުޅުން ހުރި ކަމެއް ކަމަށް ވެދާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%