Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރިސޯޓް ލައިފުން 101 މިލިއަން ޑޮލަރުގެ ރެކޯޑެއް ހަދައިފި

ރިސޯޓް ލައިފުން 101 މިލިއަން ޑޮލަރުގެ ރެކޯޑެއް ހަދައިފި

ހުސައިން އިސްމާއިލް
213 ދުވަސް ކުރިން - 29 ޑިސެންބަރު 2025 17:12
ކުއްލި ޚަބަރު: ރިސޯޓް ލައިފުން 101 މިލިއަން ޑޮލަރުގެ ރެކޯޑެއް ހަދައިފި
ކުއްލި ޚަބަރު: ރިސޯޓް ލައިފުން 101 މިލިއަން ޑޮލަރުގެ ރެކޯޑެއް ހަދައިފި
ޚުލާސާ

މިއަހަރުގެ މިހާތަނަށް އެ ކުންފުނީގެ ދިވެހި ބޭންކް އެކައުންޓަށް 101 މިލިއަން ޑޮލަރު ޖަމާވެފައިވާއިރު ޝާޒް ވިދާޅުވީ މަސައްކަތުގައި ބަރަކާތް ލައްވާކަމުގެ އިހްސާސް ކުރެވޭ ކަމަށް

ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފް އިން މިއަދު ރެކޑެއް ހަދައިފިއެވެ.

ޓޫރިސްޓުން ރާއްޖެ ގެނައުމުގައި އެންމެ ނަން ހިނގާ ޝާޒް ވަލީދު ދާދި ދެންމެއަކު ޓޫރިޒަމް ގްރޫޕްގައި ވިދާޅުވީ މިއަދަކީ ރިސޯޓް ލައިފް އިން މި އަހަރު ފެށުމުގެ ކުރިން ޓާގެޓް ކުރި ވިޔަފާރީގެ އަދަދާއި ހަމަޔަށް ވާސިލްވި ދުވަސް ކަމަށާއި މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މިހާތަނަށް އެ ކުންފުނީގެ ދިވެހި ބޭންކް އެކައުންޓަށް 101 މިލިއަން ޑޮލަރު ޖަމާވެފައިވާ ކަމަށެވެ.

ޝާޒް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ޓްރެވަލް އެޖެންސީ ނުވަތަ ދަތުރު ރާވާ ހިންގުމުގެ ވިޔަފާރި އަކީ މުދާ ފެންނަން ނެތަސް ވަރަށް ފުޅާ ކުރެވިދާނެ ވިޔަފާރި އެކެވެ. “ސަރުކާރުން މި ވިޔަފާރީގައި ދިވެހިންނަށް ފުރުސަތު ފުޅާ ކޮއްދީފި ނަމަ މި ރާއްޖޭ ގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ފައިދާއެއް ދިވެހީންނަށް ލިބޭނެ އެއް ވިޔަފާރިއަކީ މިއީ” ކަމަށް ޝާޒް ވަލީދު ވިދާޅުވިއެވެ.

Advertisement

Advertisement 1

ފަތުރުވެރިކަމުގެ ވިޔަފާރީގައި ކުރާ މަސައްކަތުން ލިބޭ އާމްދަނީއިން ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ޢުމްރާގެ އަޅުކަމަށް ފޮނުވާ ޝާޒް ވަލީދު ވިދާޅުވީ އޭނާގެ މަސައްކަތުގައި މާތްރަސްކަލާންގެ ބަރަކާތް ލައްވާ ކަމުގެ އިޙްސާސް ކުރެވޭ ކަމަށެވެ.

ރިސޯޓް ލައިފް އިން މި ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްޞަ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުއްލި ޚަބަރުފަތުރުވެރިކަން
Advertisement
Advertisement

7 ރިއެކްޝަންސް / 6 ކޮމެންޓް

0%
0%
0%
0%
0%

ޝާޒު ފިލައިގެން އުޅެނީ

209 ދުވަސް ކުރިން - 22:06

ޝާޒު ކައިރީ ބުނޭ ދޭންހުރި ފައިސާ ދޭން، މީހުން ލައްވާ މަސައްކަތް ކުރުވާފަ ލާރިއެއް ނުދޭ

ހަލީމަތު

210 ދުވަސް ކުރިން - 19:08

ތިޔަދަފަ ފުރުސަތެއް އަހަރުމެން ކަހަލަ ނިކަމެތިން ނައް ލިބޭނަމަ މުޅީން ވެސް ލިބެނީ މުއްސަދިންނައް ކޮންމެސް ކުއްޖަކު ބުނެލަ ދީބަލަ ޝާޒް ވަލީދު ކާރި އެފަދަ ފުރުސަތަކައް އިންތިޒާރުގަ ހުރިވާހަކަ

މޯޑު

212 ދުވަސް ކުރިން - 16:41

ރިސޯޓް ލައިފްގެ ހީވާގި މުވައްޒަފުންނަށާއި މެނޭޖް މެންޓް އަށް އައްސްރިބަހާއި ސާބަސް

ޢަބުދުލް މަޖީދު

212 ދުވަސް ކުރިން - 09:19

ތިބާގެ މަސައްކަތުގައި ބަރަކާތްލައްވާށި

އަންކަލް

212 ދުވަސް ކުރިން - 00:39

ޗައިނާ ބަޔަކަށް ވަރަށް ބޮޑު ދޯކާއެއްދީފަ ހުރި ވާހަކައެއް ރަށުތެޜޭގަ ކިޔާ

އިނބަ

212 ދުވަސް ކުރިން - 22:10

ތިހާގިނަ ޑޮލަރު ނަގާއިރު ލާމުކުރުހިންނާގަ މަސައްކަތްކުރިމީޙުންނައް ދޭން އެއްބަސްވެފަވާ މުސާރަކޮޅު ދޭންވީނު؟

ގުޅޭ ޚަބަރުތައް

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

4 ދުވަސް ކުރިން - 12:27

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

6 ދުވަސް ކުރިން - 20:16

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

11 ދުވަސް ކުރިން - 13:36

އީރާނުން އެމެރިކާ ސިފައިންނަށް މިސައިލުން ޙަމަލާއެއް ދީފި

އީރާނުން އެމެރިކާ ސިފައިންނަށް މިސައިލުން ޙަމަލާއެއް ދީފި

12 ދުވަސް ކުރިން - 14:01

އޮމާން އައްސޭރިފަށުން ދަތުރުކުރި ތެޔޮ ބޯޓަކަށް ހަމަލާއެއް ދީފި

އޮމާން އައްސޭރިފަށުން ދަތުރުކުރި ތެޔޮ ބޯޓަކަށް ހަމަލާއެއް ދީފި

16 ދުވަސް ކުރިން - 12:52

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

17 ދުވަސް ކުރިން - 12:01