ވީއައިއޭއަށް ރެކޯޑެއް؛ މިއަދު 27،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ!

މުހައްމަދު ޖަމްޝަތު | 17 ދުވަސް ކުރިން - 28 ޑިސެންބަރު 2025 19:49
ވީއައިއޭގެ އާ ޓާމިނަލުގައި ޕަސިންޖަރުންތަކެއް މަޑުކޮށްލައިގެން---ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ އާ ޓާމިނަލުގައި ޕަސިންޖަރުންތަކެއް މަޑުކޮށްލައިގެން---ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މިއަދު ވީއައިއޭއަށް 239 އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑު ކުރެވޭނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނޭ

މިއަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެންމެ ބާރުބޮޑު އެއް ދުވަސް ކަމަށާއި މިއަދު އެކަނި 27،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަހެވެ. އެގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން މިއަދު 22,142 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުންނެވެ.

ޑޮމެސްޓިކް ޓާމިނަލުން މިއަދު ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ.

މީގެ އިތުރުން މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިގޮތުގައި މިއަދަކީ އެއާޕޯޓުގެ ތާރީހުގައިވެސް އެންމެ ބާރު ބޮޑު އެއް ދުވަހެވެ. އަދި ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވުން ކުޑަކޮށް, ހިދުމަތް އަވަސް ކުރުމަށްވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާނެ ކަމަށާއި އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%