ހަމަލާތައް ހުއްޓާލަން ކެމްބޯޑިއާ އާއި ތައިލެންޑުން ސޮއިކޮށްފި

ޢަބްދުﷲ ޖުނައިދު | 29 ދުވަސް ކުރިން - 27 ޑިސެންބަރު 2025 13:30
ކުއްލި ޚަބަރު: ހަމަލާތައް ހުއްޓާލަން ކެމްބޯޑިއާ އާއި ތައިލެންޑުން ސޮއިކޮށްފި
ކުއްލި ޚަބަރު: ހަމަލާތައް ހުއްޓާލަން ކެމްބޯޑިއާ އާއި ތައިލެންޑުން ސޮއިކޮށްފި
ޚުލާސާ

ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ކެމްބޯޑިއާ އާއި ތައިލެންޑުން ސޮއިކޮށްފި

ތިންހަފްތާ ވަންދެން ހިނގި ހަމަނުޖެހުންތަކަށް ފަހު ތައިލެންޑާއި ކެމްބޯޑިއާ ދެމެދުގައި ހިންގަމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ

އާސިއާންގެ މަސައްކަތުން، މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކެމްބޯޑިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ޖެނެރަލް ޓީ ސެއިހާ އާއި ތައިލެންޑްގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ނަޓަފޯން ނަރްކްފާނިޓެވެ.

ވަގުތުން ހަމަލާތައް ހުއްޓާލުމުގެ މި އެއްބަސްވުމުގައިވާ ގޮތުގައި 508 މޭލު ބޯޑަރުގައި ސިފައިން ދަތުރުކުރުމާއި، ޕެޓްރޯލް ކުރުން ވެސް ހުއްޓާލަން ޖެހެއެވެ. އަދި އެއްވެސް ބާވަތެއްގެ ހަތިޔާރެއް އެ ސަރަހައްދުގައި ބޭނުން ވެސް ނުކުރެވޭނެއެވެ.

މީގެ އިތުރުން ހަމަނުޖެހުންތަކުގެ ތެރޭގައި އަތުލައިގަތް ކެމްބޯޑިއާގެ 18 ސިފައިން 72 ގަޑިއިރުތެރޭ ދޫކޮށްލުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%