Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

14 ވިޔަފާރިއެއް ބަލައި ފާސްކޮށް، 5 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

14 ވިޔަފާރިއެއް ބަލައި ފާސްކޮށް، 5 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
162 ދުވަސް ކުރިން - 25 ޑިސެންބަރު 2025 16:11
ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބެލުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަނީ--- ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބެލުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަނީ--- ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

ގަވާއިދާ ހިލާފުވި 9،000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓްކޮށްލެވިފައި

14 ވިޔަފާރިއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުން ދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނުގެ ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަން އިއްޔެ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މާލޭގައި ހިންގަމުން ދިޔަ 14 ވިޔަފާރިއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ހާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލައިފަ އެވެ.

މި ޓާސްކްފޯސްއަކީ އިކޮނޮމިކް މިނިސްޓްރީ، ހޯމް މިނިސްޓްރީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓާސްކް ފޯހެކެވެ. މި ޓާސްކްފޯހުން ދަނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާމެދު ފިޔަވަޅު އަޅަމުންނެވެ.

އެގޮތުން މިފަދަ އޮޕަރޭޝަންތަކުގައި ޖުމްލަ 9،000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްލެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އިމިގްރޭޝަން
Ad
Ad

ގުޅޭ ޚަބަރުތައް

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

31 ދުވަސް ކުރިން - 22:22

"އަދަދު" ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އަދަދު"ގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

39 ދުވަސް ކުރިން - 13:57

މިހާތަނަށް 9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން

83 ދުވަސް ކުރިން - 17:30

ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދުގައި އިމިގްރޭޝަނުން ހިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

88 ދުވަސް ކުރިން - 15:07

މި ރަމަޟާން މަހު އިމިގްރޭޝަނުން މާލެއާއި ރަށްރަށުގައި ހިދުމަތްދޭނެ ގަޑިތައް ހާމަކޮށްފި

ރަމަޟާން މަހު އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް ހާމަކޮށްފި

106 ދުވަސް ކުރިން - 20:13

ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަނާ ހަވާލުކޮށްފި

ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަނާ ހަވާލުކޮށްފި

109 ދުވަސް ކުރިން - 20:36

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%