ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެ އެމެރިކާގެ އެއްވެސް ރައްޔިތަކަށް ރިޕަބްލިކް އޮފް ނައިޖަރަށް އެތެރެ ނުވެވޭ ގޮތް ހަދަން ނައިޖަރުގެ ސަރުކާރުން ނިންމައިފިއެވެ. މިއާއި އެކު ނައިޖަރަށް ދަތުރުކުރުމަށް އެމެރިކާ އިން ވެސް ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ރައްކާތެރި ނޫން ކަމަށް ބުނެ ވީސާ ދިނުން ހުއްޓާލާފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ނައިޖަރުން ވަނީ ހުރިހާ ކެޓަގަރީއަކުން ވެސް އެމެރިކާ ރައްޔިތުންނަށް ވީސާ ދިނުމަށް ދެކޮޅު ހަދާފައެވެ.
ނައިޖަރުން މި ނިންމުން ނިންމާފައި ވަނީ މިދިޔަ އަހަރު އަސްކަރިއްޔާ އިން އެ ޤައުމުގެ ވެެރިކަމާއި ޙަވާލުވުމުން އެމެރިކާ އާއި ފްރާންސް އެކަމާއި މެދު ރުޅި އައިސްފައިވާ ދަނޑިވަޅެއްގައެވެ.








