180 ކިލޯ އަށް ވުރެ ގިނަ މަސްތުވާ ތަކެއްޗާއެކު އަވަށްޓެރި ސްރީލަންކާ ސިފައިން މަސްބޯޓެއް މިއަދު އަތުލައިގެންފިއެވެ.
ލަންކާގެ ފުުލުހުން ބުނާ ގޮތުގައި މި އުޅަނދުން މަސްތުވާތަކެތި އަޅަފައި ހުރި 11 ބަސްތާ ފެނުނުއިރު އޭގެތެރޭގައި ގާތްގަނޑަކަށް 172 ކިލޯގެ ކްރިސްޓަލް މެތަމްފެޓަމިން އައިސީއީ/އައިސް) އާއި ގާތްގަނޑަކަށް 21 ކިލޯގެ ހެރޮއިން ހުއްޓެވެ.
ލަންކާ އިންޓެލިޖެންސުން މި މައްސަލަ ތަޙްޤީޤު ކުރަމުންދާއިރު، މި އުޅަނދުގައި ތިބި ފަސްމީހުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.








